ENGLISH

03 މޭ 2026

Advertisement

މެދުކެނޑިފައިވާ މަޝްވަރާތައް އަލުން ފެށުމުގެ މަދަދަށް އެދި އަރާގްޗީ ރަޝިއާ އަށް

27 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ރަޝިއާއަށް ވަޑައިގެންނެވުން.

އިރާނާއި އެމެރިކާއާ ދެމެދު މެދުކެނޑިފައިވާ ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމުގައި ރަޝިއާގެ މަދަދު ހޯއްދެވުމަށް އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ރަޝިއާ އަށް ވަޑައިގެންފި އެވެ. 

އިރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ބުނީ ޚާރިޖީ ވަޒީރުގެ މި ދަތުރުފުުޅަކީ އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ހިންގަމުންދާ އުދުވާނުތަކުގެ ސަބަބުން މެދުކެނޑިފައިވާ މަޝްވަރާތައް އަލުން ފެށުމަށް އެގައުމުތަކަށް ބާރު އެޅުމަށް ރަޝިޔާގެ މަދަދު ހޯދުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

މިދަތުރުފުޅުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި އަރާގްޗީ ވިދާޅުވީ، އީރާނުން އަބަދުވެސް ރަޝިއާއާއެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށާއި، ޚާއްޞަކޮށް ސަރަޙައްދީ ކަންކަމުގައި ދެ ޤައުމުގެ ދެމެދުގައި މެދުނުކެނޑި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. 

ސުލްހައިގެ މަޝްވަރާތަކަށް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު ނުސީދާކޮށް ކުރެވޭ މަޝްވަރާތަކުގައި އިސްލާމްއާބާދުން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށެވެ. ނަމަވެސް އެމެރިކާގެ ހަރުކަށި އުސޫލުތަކާއި އަމިއްލަ އެދުންތަކުގެ ސަބަބުން ކުރިން ކުރެވުނު މަޝްވަރާތަކުން ބޭނުންވި ނަތީޖާ ހާސިލުނުވާކަން ފާހަގަކުރެއްވި އެވެ. 

އަރާގްޗީ ރަޝިއާއަށް ވަަޑައިގެންނެވުމުގެ ކުރިން އޮމާނަށް ދަތުރުފުޅެއް ކުރައްވާފައި ވެއެވެ. އޮމާނަކީ އީރާނުގެ ގާތް ރަޙުމަތްތެރި ޤައުމެއްގެ ގޮތުގައި ސިފަކުރައްވައި ޚާއްޞަކޮށް ގަލްފް ސަރަޙައްދުގެ ޤައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަކީ މިހާރު ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ކަމެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ.

އަދި ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މުޅި ދުނިޔޭގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، އެ ކަނޑުއޮޅި ބަލަހައްޓާ ދެ ޤައުމުގެ ހައިސިއްޔަތުން އީރާނާއި އޮމާނުން މިހާރަށްވުރެ ގާތުން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށްވެސް އަރާގްޗީ ވިދާޅުވި އެވެ.

ރަޝިއާއާ އިރާނާ ދެމެދު އެއްބަސްވެވޭ ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ފަންނީ މަޝްވަރާތައް ކުރިއަށްގެންދަވާނެކަމަށް އަރާގްޗީ ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު