ENGLISH

28 އޭޕްރީލު 2026

Advertisement

ފޮއްދޫ ރައްޔިތުން އެންމެ ބޭނުންވި ބަނދަރުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް

27 އޭޕްރީލު 2026

|

ފާތުމަތު އަދާ

ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރަަމުންދާ ތަަން/ފޮޓޯ:އެމްޓީސީސީ

ނ. ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 310 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ހިލަޖެހުމާއި، 130 މީޓަރުގެ އެއްގަމު ތޮށިލުމާއި، 125 މީޓަރުގެ ޖެޓީއެއް ހެދުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ބަނދަރުމަތީގެ 600 އަކަމީޓަރުގެ ސަރަހައްދެއްގައި ގައުޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނޭ ކަމަށެވެ.

ނ.ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 49.77 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއަކީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެތެރެއިން ނ.ފޮއްދޫ ކުރެއްވި ދަތުރުގައި ފައްޓަވައިދެއްވި މަޝްރޫއެކެވެ. ބަނދަރެއް ނެތުމާ އެކު އެރަށުގެ އަސާސީ ހިދުމަތްތަކަށް ވަނީ ބުރޫ އަރައިފަ އެވެ. 

ނ.ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫގެ އިތުރުން އެ ރަށުގައި ސިއްޙީ މަރުކަޒަކާއި އައު ޕޮލިސް ޕޯސްޓެއް އެޅުމަށްވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު