ENGLISH
27 އޭޕްރީލު 2026
ނައިފަރު ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތަށް
26 އޭޕްރީލު 2026
|
ނައިފަރު ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ފާދިއްޕޮޅު ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ، މި މަޝްރޫޢުގެ ދަށުން، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ މިހާރު ވަނީ އެ ރަށުގައި ހުރި މަސައްކަތުގެ ސައިޓަށް ގެންގޮސްފައި ކަމަށެވެ.
މުޅި މަޝްރޫޢުގެ މަސައްކަތުގެ މިހާތަނަށް %70 ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ. އަދި މި މަޝްރޫޢުގެ މަސައްކަތްތައް ތާވަލުކުރެވިފައިވާ މުއްދަތަށްވުރެ ހަލުވިކަމާއެކު ކުރިއަށްދާކަން ވެސް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން، 44.80 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1،813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 474 މީޓަރުގެ ސަރަހައްދެއްފައި ގްރޮއިން ޖެހުމާއި، 803 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ. މި މަސައްކަތްކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 679.03 މިލިއަން ރުފިޔާއަށް 630 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ނައިފަރު ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނައިފަރަށް ކުރެއްވި ދަތުރުފުޅުގައެވެ.