ENGLISH

24 އޭޕްރީލު 2026

Advertisement

އެސްޖޭއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ މިސްކިތުގެ ބޮޑު ބައެއް ނިންމައިފި

24 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އެސްޖޭ ކުންފުނިން އިމާރާތް ކުރަމުން އަންނަ މިސްކިތް

ހުޅުމާލެ ދެވަނަ ފިޔަވަހީ ގައި އެސްޖޭ ކުންފުނިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ އަމަލީ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިންމާލާފައިވާކަން އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ. 

އެމަޝްރޫއުގެ އަދާހަމަ ހާމަކުރަމުން ވުޒާރާއިން ބުނީ ހިޔާ ފްލެޓް ތިނެއް ސަރަޙައްދުގައި ބިނާކުރާ 1،400 މީހުންގެ ޖާގައިގެ (އެސްޖޭ) މިސްކިތުގެ އަމަލީ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ.

ހިޔާ ފްލެޓްތައް ކައިރީގައި އެސްޖޭ އިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ޖެނުއަރީ، 2022 ގަ އެވެ. އޭރު އެއްބަސްވެފައި އޮތީ މަސައްކަތް ފަށާތާ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ހުޅުމާލެ 2 ގައި އެ މިސްކިތް ހަދަނީ އެސްޖޭ ކޮންސްޓްރަކްޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުންނެވެ. އެ އެއްބަސްވުން ހެދީ މާލޭގެ ޒިކްރާ މިސްކިތް ހެދުމަށް އެސްޖޭ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލް ކުރުމުން، އޭގެ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ކުންފުނިން ހުށަހެޅުމުންނެވެ.

އޭގެ ފަހުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ޒިކުރާ މިސްކިތް އަޅަން އެސްޖޭ އަށް ދިން 30 މިލިއަން ރުފިޔާ ހޯދަން ވެސް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އޭޖީ އޮފީހުުގެ ލަފައާ އެކު، އެ މައްސަލަ ކޯޓުން ބޭރުން އޭރު ހައްލުކުރީ، ހުޅުމާލޭގައި މިސްކިތެއް ހެދުމަށާއި އަދި އެ މިސްކިތް އިމާރާތް ކުރުމަށް 30 މިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ހިނގާ ހަރަދު އެސްޖޭގެ ސީއެސްއާރުގެ ދަށުން ކުރާ ގޮތަށެވެ.

ޑިޒައިންގައިވާ ގޮތުން އެއީ 1،400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ކޯޓްޔާޑާ އެކު، 3،000 މީހުންގެ ޖާގަ އެ މިސްކިތުން ލިބޭނެ އެވެ.

އެސްޖޭ އިން އިމާރާތް ކުރަމުން އަންނަ މި މިސްކިތުގެ މަސަައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ދިއުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު