ENGLISH
24 އޭޕްރީލު 2026
ރާއްޖޭގެ ހަ ރަށެއްގައި ފިއުލް ސްޓޭޝަން ގާއިމްކޮށްފި
24 އޭޕްރީލު 2026
|
ރާއްޖޭގެ ރަށެއްގައި އެފްއެސްއެމްއިން ގާއިމު ކުރި ޕެޓްރޯލް ޝެޑެއް--ފޮޓޯ: އެފްއެސްއެމް
އެންމެ މަޤްބޫލު
ރާއްޖޭގެ ހަ ރަށެއްގައި މުޅިން އަލަށް ފިއުލް ސްޓޭޝަން ގާއިމްކޮށް މަސްވެރިންނާއި އާއްމު ރައްޔިތުންނަށް ތެޔޮ ލިބޭނެ އިންތިޒާމް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހަމަޖައްސައިފި އެވެ.
އަތޮޅުތެރެއިން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމްތަކެއް ހަމަޖެހިފައި ނުވުމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުން އަންނާތީ އެކަމަށް ނިމުމެއް ގެނައުމަށްޓަަކައި ސަރުކާރުން ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ފިއުލް ސްޓޭޝަންތަކެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފަ އެވެ.
އެފްއެމްއެސްއިން ބުނީ މިހާތަނަށް ފިއުލް ސްޓޭޝަން ގާއިމުކޮށް، މަސްވެރިންނާއި އާންމު ރައްޔިތުންނަށް ތެޔޮ ލިބޭނެ އިންތިޒާމެއް މުޅިން އަަލަށް ހަ ރަށެއްގައި ހަމަޖައްސާފައި ވާކަމަށެވެ.
އެއީ:
ހެޔޮ އަގުގައި މަސްވެރިންނާއި އާއްމުންނަށް ތެޔޮ ފޯރުކޮށްދިނުމަށް ފެށި މަސައްކަތުގެ ތެރެއިން އެފްއެސްއެމްގެ ފުރަތަމަ ފިއުލް ސްޓޯރޭޖް ހުޅުވީ، 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ރ.ދުވާފަރުގަ އެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 18 ރަށެއްގައި ފިއުލް ސްޓޭޝަން ގާއިމްކުރާނެ އެވެ.