ENGLISH

24 އޭޕްރީލު 2026

Advertisement

މަސްވެރިންނަށް ބޮޑު ލުޔެއް، 12 ސަރަހައްދަކުން އަގުހެޔޮ ރޭޓުގައި މިހާރު ތެޔޮ ލިބޭނެ

24 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މަސްވެރިކަން ކުރާ ބައެއް

މަސްވެރިކަން ކުރާ ހުރިހާ ދޯނިތަކަށް ރާއްޖޭގެ 12 ސަރަހައްދަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް)އިން ހަމަޖައްސައިފި އެވެ.

މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް ރާއްޖޭގެ އުތުރާއި ދެކުނުން އެފް.އެސް.އެމްގެ ޝެޑް ގާއިމުކޮށްފައިވާ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި އިއްޔެއިން ފެށިގެން  އަންނީ ތެޔޮ ފޯރުކޮށްދެމުން ނެވެ. 

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ހާލަތުގައިވެސް މަސްވެރިކަމުގެ ސިނާއަތް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުގެ މަތިން، ސަރުކާރުން ވަނީ މަސްވެރި، އުޅަނދުފަހަރަށް ހެޔޮ އަގެއްގައި ޑީސަލް ވިއްކަން ފަށާފައެވެ. އެގޮތުން މާރޗް މަހުން ފެށިގެން ހުޅުމާލެ ކ.ހިންމަފުށި. ޅ. ފެލިވަރު، ގއ.ކޫއްޑޫ، ސ.ހުޅުދޫ މިފްކޯ އަދި އެފްއެސްއެމް ޝެޑުން ހެޔޮ އަގެއްގައި ތެޔޮ ވިއްކަން ވަނީ ފަށާފައެވެ. އަދި މިޕްރޮގްރާމް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި އަގު ހެޔޮ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރި މަސައްކަތުން އެފްއެސްއެމްގެ ސްކިޑް ގާއިމް ކޮށްފައިވާ އިތުރު އަށް ރަށަކުން އަގު ހެޔޮ ރޭޓެއްގައި މަސްވެރިންނަށް ތެޔޮ ލިބިގެން ދާނެކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރީ އަންގާރަ ދުވަހު އެވެ.

މިހާރު އަގުހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ ރަށްތަކަކަކީ:

ހއ އިހަވަންދޫ

ހދ ހަނިމާދޫ

ށ. މިލަންދޫ

ބ. އޭދަފުށި

ފ. ނިލަންދޫ

ރ ދުވާފަރު

ދ.ކުޑަހުވަދޫ

ޅ.ފެލިވަރު

ސ.ހުޅުމީދޫ

ގއ.ކޫއްޑޫ

ކ.ހިންމަފުށި

ހުޅުމާލެ ޖެޓީ

މިއާ އެކު އެފްއެސްއެމްގެ ހިދުމަތްދޭ 12 ރަށަކުން އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެގޮތް ވަނީ ހަމަޖައްސާދީފަ އެވެ.

ތެޔޮ އަޅަން ދާއިރު މަސްވެރިކަން ކުރާ ފަރާތްތަކުން އެފަރާތްތަކުގެ ލައިސަންސްގެ ކޮޕީއާއި އަދި އެންމެ، ފަހުން މަސްކިރުވި ރަސީދު ގެންދަން ޖެހެ އެވެ.

އަގު ހެޔޮ ރޭޓުގައި ތެޔޮ ދިނުމަށް، ހަމަޖެހިފައިވަނީ އަންނަނިވި މިންވަރަށެވެ.

ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދަތުރަކަށް:

85, ފޫޓުން ފެށިގެން ބޮޑެތި އުޅަނދުފަހަރަށް 5000 ލީޓަރު ( މަހަކަށް 2 ދަތުރު)

50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުފަހަރަށް 3000 ލީޓަރު ( މަހަކަށް 3 ދަތުރު)

50. ފޫޓުން ދަށުގެ، އުޅަނދުފަހަރު" 1500 ލީޓަރު (މަހަކަށް 3 ދަތުރު)

ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދަތުރަކަށް:

85 ފޫޓުން" ފެށިގެން، ބޮޑެތި އުޅަނދުފަހަރަށް.1800 ލީޓަރު (މަހަކަށް 5 ދަތުރު)

50 ފޫޓާއި 85 ފޫޓާއި ދެމެދުގެ. އުޅަނދުފަހަރަށް. 1200 ލީޓަރު (މަހަކަށް 5 ދަތުރު)

50. ފޫޓުން ދަށުގެ އުޅަނދުފަހަރު 600 ލީޓަރު (މަހަކަށް 5 ދަތުރު)

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ގެނައި ބަދަލާއެކު، މަސްވެރިކަމުގެ މިމޫސުމުގައި މަސްވެރިން މަސްކަނޑުތަކަށް ނިކުމެ، މަސްވެރިކަމުގެ ސިނާއަތަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު