ENGLISH
24 އޭޕްރީލު 2026
ދަނާލުގައި އަންހެން ކުއްޖަކު ނިޔާވި މައްސަލަ: އެޗްއާރުސީއެމުން ވެސް ތަޙުޤީޤެއް
23 އޭޕްރީލު 2026
|
ނިޔާވި ޒުވާނާ --
އެންމެ މަޤްބޫލު
މާލޭގައި ހުންނަ މަޖުދުއްދީން ދަނާލުގައި 18 އަހަރުގެ އަންހެން ދަރިވަރަކު ނިޔާވި މައްސަލައާ ގުޅިގެން ތަޙުޤީޤެއް ހިންގަމުންދާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ މަޖުދުއްދީން ދަނާލުގައި، ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި ނިޔާވި ދަރިވަރުގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުވާ ކުރި ޕޯސްޓެއްގައި އެ ކޮމިޝަނުން ބުނީ މި ޙާދިސާ ކޮމިޝަނުން އިސްނަގައިގެން ދަނީ ބަލަމުން ކަމަަށެވެ.
މި ހިތާމަވެރި ޙާދިސާ އާގުޅޭގޮތުން، ހަޤީޤަތާ ޚިލާފު ވާހަކަ އާއި ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމު ނުކުރުމަށާ އަދި މަރްޙޫމާގެ ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާނުވަނީ އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފުސީލުތައް، ކަންކަން ހިނގި ވަގުތުތަކާއެކު ވަރަށް ތަފުސީލުކޮށް ބަޔާންކޮށްދެއްވާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އެ ކުއްޖާ ފުލުހުންގެ ވިކްޓިމް ސަޕޯޓު ވައިބާ ނަންބަރަށް މެސެޖުކުރީ އޭޕްރީލު 20 ވަނަ ދުވަހުގެ ރޭގަނޑުގެ 8:40ގައި، "އައި އެމް ސޯ ކްލޯސް ޓު ގިވް އަޕް" މިފަދައިން ކަމަށާއި، 8:49 ގައި ފުލުހުންގެ ވިކްޓިމް ސަޕޯޓުގެ ފަރާތުން ވާހަކަ ހިއްސާކުރަން ބޭނުންވޭތޯ ސުވާލުކޮށް މެސެޖުކުރިއެވެ.
އިހުސާން ވިދާޅުވީ ފުލުހުން ކުރި މެސެޖަށް ޖަވާބެއް ދެން ލިބުނީ 8:50 ހާއިރުއެވެ. އިތުރު ދެ މެސެޖު 8:53 ގައި ފޮނުވިކަމަށާއި، 8:56 ހާއިރު އިތުރު މެސެޖެއް ފޮނުވި ކަމށެވެ. އެ ކުއްޖާގެ ފަރާތުން ފުލުހުންނަށް ދެން މެސެޖެއް ލިބުނީ 12:38 ހާއިރުއެވެ. އެ މެސެޖަށް ތިން މިނިޓު ފަހުން ފުލުހުން ޖަަވާބުދިނެވެ.
އެ އަންހެންކުއްޖާ ފުލުހަށް ގުޅި ކަމުގައި ބުނެ މީސްމީޑިޔާގަައި ފަތުރަމުން އަންނަ ވާހަކަތައް ވަޒީރު ދޮގުކުރެއްވިއެވެ. ވަޒީރުވަނީ މިފަަދަ ހައްސާސް ކަންކަމުގައި ހަގީގަތާ ހިލާފު ވާހަކަތަައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.
"ނަފްސާނީ ކަންކަން ހިމެނޭފަދަ މައްސަލަތަކުގައި ވަރަށް ބޮޑަށް އެދެން ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް. މީގެ ސަބަބުން މިވަގުތު މިފަދަ ކަންކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދޭ އަދި ހަމައެއާއެކު މި ހާދިސާތައް ދިމާވެފައި ހިތާމަތައް ދިމާވެފައިވާ އާއިލާތަކަށް ނުހަނު ހިތާމަތައް ލިބިގެންދޭ،" ވަޒީރު ވިދާޅުވިއެވެ.
އެ ޒުވާނާ ވައިބާއިން އޮފްލައިންވުމާއެކު 1:03 ހާއިރު ވިކްޓިމް ސަޕޯޓުން ފުލުހުންގެ ކޮމާންޑު ސެންޓަރަށް ގުޅައި އެތަނަށް ފުލުހުން ފޮނުވުމަށް އެދިފައިވާ ކަމަށާއި، 1:08 ހާއިރު ފުލުހުން ދަނާލަށް ވަދެ، އޭނާ ދިރިއުޅޭ ކޮޓަރި ދެނެގަނެވުނީ 1:32 ހާއިރު ކަމށް އިހުސާން ވިދާޅުވިއެވެ.
ވަޒީރުވަނީ އެކަމުގައި ފުލުހުން އަމަލުކުރި ގޮތާ ގުޅޭ ދާހިލީ ރިވީއެއްް ކުރިއަށްްގެންދަވާނެ ކަމުގައި ޔަގީންކަން ދެއްވައި، މިނިވަން މުއައްސަސާތަކުންވެސް ފުލުހުން އަމަލުކުރި ގޮތް ބަލާނެ ކަމުގައި ވިދާޅުވެފައެވެ.