ENGLISH
23 އޭޕްރީލު 2026
މާލީ ގާބިލުކަން ސާބިތުކޮށްދީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޮޕް އަދާކޮށް ހަލާސްކޮށްފި
23 އޭޕްރީލު 2026
|
އިންޑިޔާގެ ރިޒާވް ބޭންކާއި ރާއްޖޭގެ މަރުކަޒީ ބޭންކުގެ މެދުގައި ކަރަންސީ ސްވޮޕް އެއްބަަސްވުމުގައި ސޮއިކުރުން
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އިންޑިއާގެ ރިޒާވް ބޭންކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކައި މިއަދު ޚަލާސްކޮށްފިއެވެ.
2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމަޖެއްސި މި ފެސިލިޓީއަކީ ސާކް ގައުމުތަކަށް ކަނޑައަޅާފައިވާ 'ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް' ގެ ދަށުން ޔޫއެސް ޑޮލަރު އަދި ޔޫރޯ ވިންޑޯއިން ހަމަޖެއްސި ފައިސާއެވެ. މި ފައިސާ އަނބުރާ ދެއްކުމަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުންދާކަމުގެ ނިޝާނެއްކަމަށް ސަރުކާރުން ބުނެއެވެ.
މި ޚަބަރާއެކު، އިންޑިއާ ސަރުކާރުން ރާއްޖެއަށް އިތުރު ބޮޑު އެހީއެއް ދިނުމަށް ނިންމިކަންވެސް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ވަނީ އެއިރު ގާއިމުކުރެވުނު އެއްބަސްްވުމުގައި ހިމެނުނު އިންޑިޔާ ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ދަށުން ފުރަތަމަަ ފަހަރަަށް ރާއްޖެއިން ފައިސާ ނެގިކަން އިއުލާނުކޮށްފއެވެ.
ސަރުކާރުން ހާމަކުރާ ގޮތުގައި މި 30 ބިލިއަން ރޫޕީގެ އެހީގެ ސަބަބުން، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ލޮޅުންތަކުން ސަލާމަތްވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. މީގެ އިތުރުން މި ފެސިލިޓީގެ އުސޫލުތައް ކުރިއަށްވުރެ ލުއި ފަސޭހަކަންވެސް ފާހަގަކޮށްފައިވެއެވެ.
މި ބަޔާނުގައިވާ ގޮތުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ބަޖެޓަރީ ސަޕޯޓްގެ ތެރެއިން މިހާތަނަށް 50 މިލިއަން ޑޮލަރު ވަނީ އަނބުރާ ދައްކާފައެވެ.
އިންޑިއާ ސަރުކާރުން ގެންގުޅޭ 'ނެއިބަހުޑް ފަސްޓް' ނުވަތަ އަވަށްޓެރިންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ރާއްޖެއަށް މި ފޯރުކޮށްދޭ އެހީތެރިކަމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ރަމްޒެއް ކަމުގައި ދިވެހި ސަރުކާރުން ބުނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާވެ، ބޭރު ފައިސާގެ ރިޒާވް ރަނގަޅުވެގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.