ENGLISH
23 އޭޕްރީލު 2026
އެލްޖީއޭގެ ރައީސްގެ މަޤާމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
23 އޭޕްރީލު 2026
|
މިނިސްޓަރު ޒަމީރު
އެންމެ މަޤްބޫލު
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްގެ މަޤާމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މޫސާ ޒަމީރު ރައީސުލް ޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަން ކުރައްވައިފި އެވެ.
އެކަން އެލްޖީއޭއިން ހާމަކޮށް މިނިސްޓަރު ޒަމީރަށް ވަނީ މަރުޙަބާ ވިދާޅުވެފަ އެވެ.
އެލްޖީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާ އަދި ލާމަރުކަޒީ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމުހޫރިއްޔާ ޢައްޔަންކުރައްވާ ވަޒީރެވެ.
އެލްޖީއޭގެ ރައީސް ކަމަށް މިނިސްޓަރު ޒަމީރު އަައްޔަނުކުރައްވާފައި މިވަނީ ކެބިނެޓްގައި އެކުލެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ބަދަލު ގެންނެވުމާއި ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކެބިނެޓް މަޤާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާ ބައެއް އިދާރާތައް އުވައިލައްވާ ބައެއް އިދާރާތައް އެއް ކުރައްވައި މެންޑޭޓަށް ވެސް ބޮޑެތި ބަދަލުތަކެެއް ގެންނަވާފަ އެވެ.
އެގޮތުން މިހާރު ކެބިނެޓްގައި ހިމެނެނީ 15 ވަޒީރުންނެވެ.