ENGLISH

23 އޭޕްރީލު 2026

Advertisement

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.3 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

23 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ވައިގެމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިކަން ހާމަކޮށް ކުރި ޕޯސްޓެއްގައި ބުނީ، އެ މަސްތުވާތަކެއްޗަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އިއްޔެ އެތެރެވި ބަޔަކު ގެނައި ތަކެތި ކަމަށެވެ. ނަމަވެސް އެއީ ކޮންބައެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކަސްޓަމްސް އިން ބުނީ، އަތުލައިގަނެފައިވާ މަސްތުވާ ތަކެއްޗަކީ 1150 ގްރާމްގެ އެމްޕެޓަމިން ކަމަށެވެ. އަދި މި މަސްތުވާތަކެތީގެ މަގުމަތީގެ އަދު 3.3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު