ENGLISH
23 އޭޕްރީލު 2026
ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ކެރީގެ އަސަރުކުރާނެ: މެޓް އޮފީސް
23 އޭޕްރީލު 2026
|
މޫސުން ގޯސްވާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފި
އެންމެ މަޤްބޫލު
މި ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ކެރީގެ އަސަރު ކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މި ހުކުރު ހޮނިހިރު ދެ ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ.
ދެކުނުގެ ބައެއްގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެކަމަށް ވެސް މެޓްއިން ލަފާކޮށްފައިވެއެވެ.
ވޭތުވެދިޔަ ދުވަސްތަކަކީ އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސްތަކެއް ނަމަވެސް، ފާއިތުވި ދުވަސްތަކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ ވާރޭވެހެމުންނެވެ.
މިދުވަސްވަރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރަމުންދާއިރު، މިދިޔަ 24 ގަޑިއިރުވެސް ތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ކާޑެއްދޫއަށެވެ.