ENGLISH

10 އޭޕްރީލު 2025

Advertisement

ސޫރިޔާގެ ރެފިޔުޖީން އެނބުރި އައުމަށް ފުރުޞަތު ދޭން، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ގޮވާލައިފި

17 ޑިސެމްބަރު 2024

|

ހަސަން އާމިރު

ސޫރިޔާގައި ކުރި ދިގު ދާޚިލީ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އެކި ހިސާބުތަކަށް ހިޖުރަކޮށްފައިވާ ރައްޔިތުން އެނބުރި އައުމަށް މަގުފަހިކޮށްދޭން، ސޫރިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން، އެ ޤައުމުގެ ސަރުކާރާ މިހާރު ހަވާލުވެ އޮތް ހަނގުރާމަވެރި ޖަމާޢަތުގެ ވެރިޔާ ދުނިޔެއަށް ގޮވާލައިފިއެވެ.

ސޫރިޔާގެ ރައީސް ބައްޝާރް އަލް އަސަދުގެ ދިގުވެރިކަން ކުއްލި ގޮތަކަށް ވެއްޓުނީ، ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަޔިއަތު ތަޙްރީރް އަލް ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިންގެ ވަރުގަދަ ޙަމަލާތަކަށްފަހު، ބޮޑެތި ސަހަރުތައް ހިފުމާ ގުޅިގެންނެވެ.

ސޫރިޔާގައި މިހާރު އެޗްޓީއެސްގެ ވަގުތީ ސަރުކާރެއް ޤާއިމުކޮށްފައިވާއިރު، އެ ޖަމާޢަތުގެ ވެރިޔާ އަބޫ މުޙައްމަދު އަލް ޖަލާނީ ބުނީ، އެޗްޓީއެސްގެ ހަނގުރާމަރިންގެ ހުރިހާ ފެކްޝަންތަކެއް އުވާލައި، ހުރިހާ ހަނގުރާމަވެރިންނަށް ތަމްރީން ދިނުމަށްފަހު، ޑިފެންސް މިނިސްޓްރީއަށް ވައްދާނެ ކަމަށެވެ.

"އެއްވެސް މީހަކަށް ޤާނޫނުތަކުގެ މަތީގައެއް ނުތިބެވޭނެ،" ޖަލާނީ ބުންޏެވެ.

އޭނާ ވަނީ ހުރިހާ ދީނަކާއި ނަޞްލުތަކެއްގެ މީހުންގެ ބައިވެރިވުން އޮންނަ ގޮތަށް، މުޅި ސޫރިޔާ އެއްބައިވަންތަ ކުރުވަންޖެހޭ ކަމަށް އެޗްޓީއެސް އިން ދުނިޔެއަށް ދެމުންދާ މެސެޖު ތަކުރާރުކޮށްފައެވެ.

ޖަލާނީ އެ މެސެޖު ތަކުރާރުކުރަމުން ދަނީ، އެޗްޓީއެސްއިން އެހެން ދީންތަކަށް ޖާގަ ދޭނެ ކަމާ މެދު ޙާއްސަކޮށް ހުޅަނގުގެ ޤައުމުތަކުން ސުވާލު އުފައްދަމުންދާތީ އެވެ.

މީގެއިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސޫރިޔާގެ ރައްޔިތުންނަށް އެނބުރި ޤައުމަށް އާދެވޭ ގޮތަށް، ބައްޝާރުގެ ވެރިކަމުގައި ސޫރިޔާ އާ ދެކޮޅަށް ގިނަ ޤައުމުތަކަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންޖެހޭ ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު