ENGLISH
23 އޭޕްރީލު 2026
ހަނގުރާމައާ ގުޅިގެން އިނގިރޭސިވިލާތުގައި ވެސް ތަކެތީގެ އަގު އުފުލިއްޖެ
23 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން އިނގިރޭސި ވިލާތުގައި ވެސް ތަކެތީގެ އަގުއުފުލިފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ.
މި ބަދަލު އައިސްފައިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ރިޕޯޓްކޮށްފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ތެލުގެ އަގު އުފުލުން ކަމަށެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިނގިރޭސިވިލާތުގައި ތަކެތީގެ އަގު މިދިޔަ މާރިޗު މަހު 3.3 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ.
އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް (އޯއެންއެސް) ގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ކޮންސިއުމާ ޕްރައިސަސް އިންޑެކްސް ފެބްރުއަރީ މަހު ހުރި ތިން އިންސައްތައިން މައްޗަށް ގޮސްފައިވާއިރު، މިހާރުވެސް ދިރިއުޅުމުގެ ހަރަދުގެ ދަތިކަމުގެ ސަބަބުން ގޭބިސީތަކުގެ މާލިއްޔަތަށް ޕްރެޝަރު އިތުރުވެފައިވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ ފެށުނު ފަހުން ޕެޓްރޯލާއި ޑީސަލްގެ އަގު އުފުލިފައިވާއިރު، ދުނިޔޭގެ ތެލުގެ ބާޒާރުގައި ފީފާއެއްގެ އަގު ވަނީ 100 ޑޮލަރާ ގާތަށް އުފުލިފައެވެ.
މާރިޗް މަހުގެ ހެޑްލައިން ރޭޓް އޮފް އިންފްލޭޝަން އަދިވެސް އޮތީ ސަރުކާރުން ކަނޑައަޅާފައިވާ ދެ އިންސައްތަ ޓާގެޓަށްވުރެ މަތީގައެވެ.
ދުނިޔޭގެ ހަކަތަ މާކެޓްތަކަށް ދިގުދެމިގެންދާ ކޯޅުންތަކާއި ބުރޫއެރުމުން އިންފްލޭޝަން ބޮޑުވުން ހުއްޓުވުމަށް ލޯނު ނެގުމުގެ ހަރަދު ބޮޑުކުރަން މަޖުބޫރުވެދާނެ ކަމުގެ އިންޒާރު ބޭންކް އޮފް އިންގްލެންޑުން މިދިޔަ މަހު ދީފައިވާއިރު، ހަނގުރާމައިގެ ކުރިން ރޭޗަލް ރީވްސްގެ އޮޓޮމް ބަޖެޓުގައި އިއުލާންކުރި ފިޔަވަޅުތަކަށް އަމަލުކުރަން ފެށުމުން އޭޕްރީލް މަހު އިންފްލޭޝަން ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ލަފާކުރެވިފައިވެއެވެ.
އެހެންނަމަވެސް، ގާތްގަނޑަކަށް ދެ އިންސައްތައަށް ދަށްވާނެ ކަމަށް ލަފާކުރެވުނު މި އަަދަދު، ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ގެއްލުންތައް އިތުރުވަމުންދާތީ މިއަހަރު އިންފްލޭޝަން އެއަަށްވުރެ މަތިވާނެ ކަމަށް ތަޖުރިބާކާރުން މިހާރު ލަފާކޮށްފައިވެއެވެ.