ENGLISH

23 އޭޕްރީލު 2026

Advertisement

ޓެކްނޮލޮޖީއާއި އީޖާދުކުރުމުގެ ދާއިރާގެ ހުނަރުތައް ދެނެގަތުމަށް އަންހެން ކުދިންނަށް ހިތްވަރުދޭންޖެހޭ: ފަސްޓް ލޭޑީ

23 އޭޕްރީލު 2026

|

ޢަލީ ޝަހީމް

18 ޖޫން 2025، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓުގެ އިފްތިތާޙީ ސެޝަންގައި ބައިވެރިވެވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް

ޓެކްނޮލޮޖީއާއި އީޖާދުކުރުމުގެ ދާއިރާއިން ހުނަރުތައް ދެނެގަތުމަށް އަންހެން ކުދިންނަށް ހިތްވަރުދޭންޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ. 

ފަސްޓް ލޭޑީ މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ "ގާރލްސް އިން އައި.ސީ.ޓީ" ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ފަސްޓް ލޭޑީގެ މެސެޖުގައި ވިދާޅުވީ، ކޮންމެ އަންހެން ކުއްޖަކަށާއި ޒުވާން އަންހެނަކަށް، ޓެކްނޮލޮޖީއާއި އީޖާދުކުރުމުގެ ދާއިރާއިން އެކުދިންގެ ކިބައިގައިވާ ހުނަރުތައް ދެނެގަތުމަށް ހިތްވަރުދޭންޖެހޭ ކަމަށެވެ. 

ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި، އަދި ހާއްސަކޮށް ތަރައްގީއަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާނެ ގޮތްތައް ބައްޓަންކުރުމުގައި، ކޮންމެ އަންހެން ކުއްޖެއްގެ އަޑާއި، ޚިޔާލާއި، އަދި އާ ކަންތައްތައް ހޯދައިބެލުމުގެ ޝައުގުވެރިކަމަކީ ނުހަނު މުހިންމު ބައެއްކަމުގައި ފަސްޓް ލޭޑީ ވިދާޅުވިއެވެ. 

އެކަކު އަނެކަކަށް އެހީތެރިވެދީ، ހުރިހާ އެންމެން ބައިވެރިކުރެވޭ ފަދަ މާހައުލުތައް ގާއިމުކޮށް، ފުރުސަތުތައް ފަހިކޮށްދީ، އަދި އަންހެނުންގެ ހިއްސާ މަދު ދާއިރާތަކަށް އިތުބާރާއެކު ނުކުތުމަށް ބާރުއެޅުމަށް ފަސްޓް ލޭޑީ އެދިވަޑައިގެންނެވިއެވެ. އަދި، އެކުގައި މަސައްކަތްކޮށްގެން، އެކަކު އަނެކަކަށް ބާރުވެރިކަންދީ، ޑިޖިޓަލް މުސްތަގުބަލު ބައްޓަންކުރާނެ އައު ޖީލެއްގެ ލީޑަރުންނަށް ހިތްވަރު ދިނުމަކީ މުހިއްމު ކަމެއްކަމުގައި އެކަމާ ފާހަގަކުރެއްވިއެވެ. 

ފަސްޓް ލޭޑީ އިތުރަށް ވިދާޅުވީ، އައި.ސީ.ޓީ ދާއިރާގެ މުސްތަގުބަލަކީ އެންމެން ހަމަހަމަކަމާއެކު ބައްޓަންކުރަންޖެހޭ ދާއިރާއެއް ކަމަށެވެ. އެގޮތަށް ކުރިއަށްދާއިރު އެކުދިންގެ އުނގެނުމަށް އެހީތެރިވެދީ އެކަމުގައި ދެމިތިބުމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އިލްތިމާސްކުރެއްވިއެއެވެ. 

ކިޔުންތެރިންގެ ހިޔާލު