ENGLISH
24 އޭޕްރީލު 2026
ޑްރަގް އެންފޯސްމަންޓާއި މީރާ ގުޅިގެން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
23 އޭޕްރީލު 2026
|
ޑްރަގް އެންފޯސްމަންޓާއި މީރާ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ތެރެއިން. ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް
އެންމެ މަޤްބޫލު
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯރސްމެންޓުން އިސްނަގައިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ގުޅިގެން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކެޕޭސިޓީ ބިލްޑިން ތަމްރީނު ޕްރޮގްރާމް ނިންމާލައިފައިވާ އިރު، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 12 އިން 16 އެޕްރީލްގެ ނިޔަލަށެވެ.
ޖުމްލަ 30 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑް (ސީ.އައި.ސީ) ގެ އެކި ބަހާތަކުގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި ފައިނޭންޝަލް އެނަލިސްޓުން ހިމެނެއެވެ.
ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އެޕްރީލް 19 ވަނަ ދުވަހުއެވެ.
ފުލުހުން ބުނި ގޮތުގައި މި ޕްރޮގްރާމަކީ ތަހުގީގު މަރުހަލާގައި މީރާގެ ފަރާތުން ފުލުހުންނަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާއި އެއްބާރުލުންތައް ދެނެގަނެ، މީރާގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބައިވެރިން އަހުލުވެރިކުރުމަށް ހިންގި ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ސަބަބުން އިންވެސްޓިގޭޓަރުންނާއި މީރާއާ ދެމެދު އޮތް ގުޅުން ބަދަހިވެ، ތަހުގީގާ ގުޅުން ހުރި ކަންކަމުގައި މީރާގެ އެހީ ހޯދޭނެ މަގު ފަހިވެގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ މީރާގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ތަހުގީގާ ގުޅުން ހުރި މަސައްކަތްތަކާއި، ޓެކްސްއާ ގުޅުން ހުރި ރިކަވަރީ އަދި އެންފޯސްމެންޓްގެ ބައިތަކާއި، އޮޑިޓް، އޮބްޖެކްޝަން އަދި އޮފެންސްގެ މައުލޫމާތާއި، ރާއްޖޭގައި ނެގޭ އެކި ބާވަތުގެ ޓެކްސްގެ މައުލޫމާތެވެ.