ENGLISH

24 އޭޕްރީލު 2026

Advertisement

ޕޯސްޓް އޮފީހުން ދެމުން އައި ހިދުމަތްތައް އައު އިމާރާތަކަށް ބަދަލުކޮށްފި

23 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ޕޯސްޓް އޮފީހުން ދެމުން އައި ހިދުމަތް އަައު ބިލްޑިންގ އަކަށް-- ފޮޓޯ: އެޑިޝަން.އެމްވީ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މައި އޮފީސްކަމަށްވާ ޕޯސްޓް ބިލްޑިންއިން ދެމުން އައި ހިދުމަތްތައް އައު އިމާރާތަކަށް ބަދަލުކޮށްފި އެވެ.

ޕޯސްޓް އޮފީހުގެ މައި ސެންޓަރު މިހާރު ގާއިމްކުރެވިފައިވަނީ އޯކިޑް މަގުގައި ހުންނަ މ. އައިރިސް ނަމަކަށް ކިޔާ ގޭގެ ގްރައުޑް ފްލޯގަ އެވެ. މި އިމާރާތް ހުންނަނީ ޖަސްޓިސް ބިލްޑިން ކުރިމައްޗަށްވާ ގޮތަށެވެ. 

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އިން ބުނީ، ކުރިން ޕޯސްޓް ބިލްޑިންއިން ދެމުން އައި ހުރިހާ ހިދުމަތެއް، އައު އޮފީހުން ލިބޭނެ ކަމަށެވެ. އެގޮތުން ޕޯސްޓްކުރުމުގެ ހިދުމަތާއި، ޕާރުސަލް ދޫކުރުމުގެ އިތުރުން ޕޯސްޓް އޮފީހުން ދެމުން އަންނަ ހިދުމަތްތައް ފާހަގަކޮށްފައިވެ އެވެ.

ޕޯސްޓް އޮފީހުގެ ސަރވިސް ސެންޓަރުގެ ހިދުމަތް ލިބެން ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 17:00 އަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. 

ޕޯސްޓު އޮފީހުގެ ސާވިސް ސެންޓަރު ވަކި ގަޑިތަކެއްގައި ހިދުމަތް ދިން ނަމަވެސް "ޕިކް ޕޯސްޓް"ގެ ހިދުމަތަކީ 24 ގަޑިއިރު ދެމުން އަންނަ ހިދުމަތެކެވެ.

ޕޯސްޓް ބިލްޑިން ހެޑް އޮފީހުގެ ކުރިމަތިން މިހާރު އަންނަނީ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމަށް ގެނެވުނު ބަދަލެއްކަމަށްވެސް ޕޯސްޓް އޮފީހުން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު