ENGLISH

23 އޭޕްރީލު 2026

Advertisement

ފުލެޓާއި ބިމަށް އެދި ހުށަހަޅާ މުއްދަތު ދެން އިތުރެއް ނުކުރާނެ: ވަޒީރު މުއްތަލިބު

23 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

އިމާރާތްކުރުމާއި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު.

މާލޭގައި ދިިރިއުޅޭ ރައްޔިތުން ފްލެޓާއި ބިމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ސްކީމްތަކުގެ މުއްދަތު ދެން އިތުރު ނުކުރައްވާނެ ކަމަށް، އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މުއްތަލިބު ވިދާޅުވީ، މީގެ ކުރިން އެކި އެކި ސަބަބުތަކާ ހުރެ މުއްދަތު އެކި ފަހަރު މަތިން އިތުރުކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެންމެ ފަހުން މުއްދަތު އިތުރުކޮށްފައިވަނީ، މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ 23:59 އާ ހަމައަށެވެ.

މިކަން ފާހަގަކުރައްވައި ވަޒީރު މުއްތަލިބު ވިދާޅުވީ މެި 31 އަކީ ފްލެޓާއި ބިމަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހުކަމަށެވެ. އަދި ކުރިއަށް އޮތް ތާގައި އެ މުއްދަތު އިތުރު ނުކުރާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.

ބިމާއި ފްލެޓް ދޫކުރުމުގެ މި މަޝްރޫއުގެ ތެރެއިން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 ގޯއްޗެވެ. އަދި 7,900 ފްލެޓް ދޫކުރަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު