ENGLISH

23 އޭޕްރީލު 2026

Advertisement

ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައިފި

23 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރެއްވި އަބްދުﷲ ޖާބިރު. މިއަދު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފަ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން މީގެކުރިން ކުރެއްވި އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް ސޮއިކުރައްވައިފިއެވެ. 

ޖާބިރު ވަނީ ޕީއެންސީއަށް ސޮއިކުރެއްވިކަން "އެމްއެމް" އަށް ކަށަވަރުކޮށްދެއްވައިފައެވެ. 

ޕީއެންސީއާ ގުޅިވަޑައިގަތުމަށް ޖާބިރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހެޅުއްވީ މިއަދު އެވެ. 

ޖާބިރު "އެމްއެމް" އަށް ވިދާޅުވީ، ޕީއެންސީއާ ގުޅިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ތަންފީޒުކުރުމުގައި އެއްބާރުލުންދެއްވުމުގެ ގޮތުން ކަމަށެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ޤަބޫލުކުރައްވާކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މަސައްކަތްކުރައްވަނީ ވަރަށް އިހުލާސްތެރިކަމާއެކު ކަމަށް ޖާބިރު ވިދާޅުވިއެވެ. 

ޖާބިރު ޕީއެންސީއާ ގުޅިވަޑައިގެންނެވިއިރު، މިދިޔަ ދުވަސްތަކުގައި ޖާބިރު ވަނީ ޕީއެންސީގެ ހަރަކާތްތަކުގައި އަމަލީގޮތުން އުޅުއްވައިފައެވެ. އެގޮތުން މި މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖާބިރު ވަނީ ޕީއެންސީގެ ކެމްޕޭނުގައި ބައިވެރިވަޑައިގެންފައެވެ. 

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޖާބިރު ވަނީ 19 ވަނަ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު