ENGLISH

23 އޭޕްރީލު 2026

Advertisement

"ދިވެހި ބަހުގެ ހަވީރު" މާދަމާ ހުޅުމާލެ ރުއްގަނޑު 2 ސަރަހައްދުގައި

23 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުން-- ފޮޓޯ: ނެޝަނަލް ލައިބްރަރީ

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ދިވެހި ބަހުގެ ހަވީރެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދާމާގެ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލެ ފޭސް އެކެއްގެ ރުއްގަނޑު 2 ސަރަހައްދުގަ އެވެ.

މިއަހަރުގެ ދިވެހިބަހުގެ ދެވަހުގެ ޝިއާރަކީ " ގައުމިއްޔަތު ދިރުވާން ސާފުބަހުން ވާހަކަދައްކަމާ" އެވެ.

މާދަމާ ބާއްވާ ހަވީރުގައި ތަފާތު ގިނަ ހަރާކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވެ އެވެ. އެގޮތުން ވާހަކަ ކިޔުމާއި، އެކިކުލަ، ބުނަމާބުނަމާ، އެވޭލާމިވޭލާ، އާދޭއާދޭ ގެ އިތުރުން ފޮތް މައުރަޒެއްވެސް ހުންނާނެ ކަމަށް ދިވެހިބަހުގެ އެކަޑަމީން މައުލޫމާތު ދީފައިވެ އެވެ.

ދިވެހި ބަހާ ގުޅުންހުރި މިފަދަ ހަރަކާތްތައް ބޭއްވުމުގެ މަޤްޞަދަކީ ދިވެހި ބަހަށް ލޯބި އުފައްދައި، ދިވެހި ބަސް އާލާކޮށް ދިރުވުމެވެ. މިޒަމާނަކީ އިނގިރޭސި ބަހުން ވާހަކަ ދައްކާ ދިވެހިން ގިނަ ދުވަސް ވަަރަކަށް ވުމުން، ދިވެހި ބަސް މަސްހުނިކޮށްގެން ވާހަކަދައްކާ ކުދިން ވަރަށް ގިނަ އެވެ. އެހެންކަމުން މިފަދަ ހަރަކާތްތަކުންވެސް ކުދިންނަށް ދިވެހި ބަހުގެ މުހިއްމުކަމާއި، ދިވެހިބަސް ރަނގަޅު ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދެ އެެވެ.

ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހަކީ ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު