ENGLISH
23 އޭޕްރީލު 2026
އެޗްޑީސީ އިން 58 ރަށެއްގައި އައުޓްޑޯ ޖިމް އަޅަން ނިންމައިފި
22 އޭޕްރީލު 2026
|
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން
އެންމެ މަޤްބޫލު
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 58 ރަށެއްގައި މުޅިން އަލަށް އައުޓްޑޯ ޖިމް ގާއިމްކުރުމަށް ނިންމައިފިއެވެ.
އެޗްޑީސީ އިން ބުނީ، ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޗްޑީސީން 71 ރަށެއްގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ފަށާފައިވާ ކަމަށެވެ.
އެގޮތުން، މުޅިން އަލަށް 58 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރުމަށް ހަމަޖެހިފައި ވާއިރު 13 ރަށެއްގައި އައުޓްޑޯ ޖިމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދެއެވެ.
އިކުއިޕްމަންޓް ހަރުކުުރުމަށް ތައްޔާރުވެފައިވާ 13 ރަށް:
ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާ 8 ރަށް
އެޗްޑީސީ އިން ބުނީ، ބާކީ ރަށްރަށުގެ ކުރެހުން ފާސްކުރެވި މިހާރު މަސައްކަތް ފެށުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ.