ENGLISH
03 މޭ 2026
އީރާނުގެ ހުއްދަ ނެތި ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު އުޅަނދަކަށް ހަމަލާދިފި
22 އޭޕްރީލު 2026
|
ހޮރްމޫޒް ކަނޑުއޮޅި. ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
އީރާނުގެ ހުއްދައާ ނުލައި ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު އުޅަނދަކަށް ހަމަލާދީފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އީރާނުން ހަމަލާދީފައިވަނީ "ޔޫފޯރިއާ" ނަމަކަށް ކިޔާ އުޅަނދަކަށެވެެ.
އެ އުޅަނދަށް ދިން ހަމަލާގައި އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އެ އުޅަނދަށް ޙަމަލާދިނުމުގެ ކުރިން، އީރާނުގެ ހުއްދަ ނުނަގައި ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރަން މަސައްކަތް ކުރި ދެ އުޅަނދެއް އީރާނުން ވަނީ ހިފަހައްޓައިފައެވެ.
ހިފެހެއްޓި ދެ އުޅަނދު އީރާނަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާކަމަށް އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ބުންޏެވެ.
ފެބްރުއަރީ 28ގައި އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން، އެކަމުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުކުރާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
މި މަހުގެ 8ވަނަ ދުވަހު، ހަމަލާތައް ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން މުއްދަތެއް ނެތް ގޮތަށް އިތުރުކޮށްފައިވީނަމަވެސް، ހޮރްމޫޒްއާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއިން ފަށާފައިވާ މަޝްވަރާތަކަށް ވަނީ ހުރަސްއެޅިފައެވެ.