ENGLISH
22 އޭޕްރީލު 2026
މާމިގިލީ ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
22 އޭޕްރީލު 2026
|
މާމިގިލީ ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ. ފޮޓޯ: ޕޮލިސް އެމްވީ
އެންމެ މަޤްބޫލު
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ތެރެއިން، އދ. މާމިގިލީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މި އެޕްރީލް މަހުގެ 21 ވަނަ ދުވަހު ނައްތާލައިފައި ވަނީ 1049 ފުޅި ބަނގުރަލާއި، 437 ދަޅު ބަނގުރަލުގެ އިތުރުން ބަނގުރާ އަޅާފައިހުރި ހަމެއް ކަމަށެވެ.
މި ތަކެއްޗަކީ 2025 އެޕްރީލް 14 އިން ފެށިގެން 2026 އެޕްރީލް 19 ގެ ނިޔަލަށް މާމިގިލީ، ވިލާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، އެހެނިހެން މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތި ކަމަށްވެސް ފުލުހުން ބުނިއެވެ.
މީގެ އިތުރުން ފުލުހުން ބުނީ، ބަނގުރާ ނައްތާލުމުގެ މަސައްކަތް މާމިގިލީ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ހާއްސަ ކޮމިޓީގެ ބެލުމުގެދަށުން ކަމަށެވެ.
އެކި އެކި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ޤާނޫނާ ޚިލާފު ތަކެތި ގަވާއިދުގެ ދަށުން ނައްތާލަމުންގެންދާކަން ފާހަގަކޮށްލެވެއެވެ.