ENGLISH
22 އޭޕްރީލު 2026
ނިލަންދޫ އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް ނިމިއްޖެ
22 އޭޕްރީލު 2026
|
ނިލަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ފ. ނިލަންދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމް.ޓީ.ސީ.ސީ)އިން ބުނެފި އެވެ.
އެމްޓީސީސީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހިއްކި ބިން ހިމާޔަތް ކުރުމަށް ގާ ޖެހުމުގެ މަސައްކަތެވެ.
ނިލަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން ، ކޮންކްރީޓް ރޭމްޕަކާއި، ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން ފަސް މީޓަރު ފުޅާ ޕޭވްމަންޓެއް ހެދުން ހިމެނެ އެވެ.
ނިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރައިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ މަރޗް މަހުގެ 27 ވަނަ ދުވަހު އެވެ. ނިލަންދޫ އެއާޕޯޓު ތަރައްޤީކުރުމަށް 45.6 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފަ އެވެ. މި މަޝްރޫއު ނިންމާފާއިވަނީ މިއަހަރު މާރޗް މަހު އެވެ.
ނިލަންދެއަތޮޅު އުތުރުބުރިއަކީ ރާއްޖޭގައި އެއާޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. ނިލަންދޫ އެއާޕޯޓަކީ މި ދައުރުގައި ސަރުކާރުން ތަރައްޤީކުރުމަށް އިއުލާނުކޮށްފަވާ 12 އެއާޕޯޓްގެ ތެރޭގައި ހިމެނޭ އެއް އެއާޕޯޓެކެވެ.