ENGLISH

03 މޭ 2026

Advertisement

އީރާނުގެ މުދާ އުފުލާ ބޯޓެއް ހިފަހައްޓައި އެމެރިކާއިން މަޝްވަރާއަށް ހުރަސްއަޅައިފި

20 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

އީރާނުގެ ބޯޓެއް ހިފެހެެއްޓުމަށް އެމެރިކާއިން ހަމަލާދެނީ. ފޮޓޯ: ނިއުޔޯކް ޓައިމްސް

އީރާނުގެ ބަނދަރުތައް ހިސޯރުކުރުމަށް އީރާނުގެ މުދާ އުފުލާ ބޯޓެއް އެމެރިކާގެ އަސްކަރިއްޔާއިން ހިފެހެއްޓުމާއެކު، ސުލްޙައިގެ މަޝްވަރާތަކަށް ހުރަސްއެޅިއްޖެއެވެ.

މި ހާދިސާއާއި ގުޅިގެން ދެގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ ވަގުތީ އެއްބަސްވުމަށް ވަނީ ބުރޫއަރާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުގެ ބަންދަރު އައްބާސްއަށް ދަތުރުކުރި އީރާންގެ ބޯޓެއް އެމެރިކާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމުގައެވެ.

މިއީ، އެމެރިކާގެ އަސްކަރިއްޔާއިން ހިންގި ކަނޑުފޭރުމުގެ ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވައި، އީރާންގެ ނައިބު ރައީސް މުޙައްމަދު ރިޒާ އާރިފް ވަނީ، އީރާނުން ތެޔޮ ބޭރުކުރުމަށް ހުރަސްއަޅާނަމަ ބައިނަލްއަޤުވާމީ ހަކަތައިގެ ބާޒާރަށް ބޮޑެތި ގެއްލުންތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މި ނުތަނަވަސްކަމާއެކު، އެޕްރީލު 21 ވަނަ ދުވަހު ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވުމަށް ރާވަމުން ދިޔަ ސުލްޙައިގެ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިނުވާނެކަމަށް އީރާނުން ވަނީ ބުނެފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުން ފެށިފައިވަނީ ފެބްރުއަރީ މަހު 28 ވަނަ ދުވަހު ޔަހޫދީން އީރާނަށް އަމާޒުކޮށް ހަމަލާދޭން ފެށުމާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު