ENGLISH

20 އޭޕްރީލު 2026

Advertisement

ޕީއެންސީގެ އާ ސެކެޓްރީ ޖެނެރަލްގެ މަގާމަށް މުސާ ފަތުހީ އާދަމް އައްޔަންކުރައްވައިފި

20 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ޮީޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހަމަޖެއްސި މުސާ ފަތުހީ އެމްއެމް ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމް

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، އަލްއުސްތާޛު މޫސާ ފަތުހީ އާދަމް އައްޔަންކޮށްފިއެވެ. 

ޕީއެންސީގެ އާ ސެކެޓްރީގެ މަޤާމަށް ސަރުކާރުގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުހީ އައްޔަން ކުރުމާއި ގުޅިގެން، އެ ޕާޓީން ވަނީ އޭނާއަށް އިޚްލާސްތެރި ތަހުނިޔާ އާއި މަރުހަބާ ދަންނަވާފަ އެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި މުއާޒު ހަލީމެވެ. މުއާޒް ޕީއެންސީގެ އެސްޖީ ކަމުން އިސްތިއުފާ ދިނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މުއާޒް ވިދާޅުވީ، މަޤާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ހިންގުން ހަރުދާނާކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މުއާޒް އިތުރަށް ވިދާޅުވީ، ޕާޓީގެ އިދާރީ ހިންގުމުގެ އިސް ޒިންމާތަކުން ދުރަށް ވަޑައިގެންނެވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ނެރޭ ޕާޓީއަކަށް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވަން ބޭނުންވާތީ ކަމަށެވެ.

އިސްތިއުފާދެއްވި އިތުރު ސަބަބެއް ކަމުގައި މުއާޒު ފާހަގަކުރެއްވީ ޕާޓީގެ ހިންގުމުގެ ކަންކަމަށް ހުސްވެ އެކަންކަން ކުރުމަށް ވަގުތުދެއްވޭނެ ބޭފުޅަކު އެ މަގާމުގައި ހުންނެވުމަކީ ލާޒިމު ކަމެއް ކަމުގައި ގަބޫލުކުރެއްވުމެވެ. 

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލަކަށް މުއާޒު އައްޔަންކުރެއްވީ ޖެނުއަރީ 13، 2025 ގަ އެވެ.

މޫސާ ފަތުހީ އަކީ ސަރުކާރުގެ އިސް މަޤާމްތައް ފުރުއްވާފައިވާ، ސިޔާސީ މައިދާނުގައި އެކި ފަންތީގައި މަސައްކަތްކުރެއްވުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލު ބޭފުޅެކެވެ. 

ކިޔުންތެރިންގެ ހިޔާލު