ENGLISH

19 އޭޕްރީލު 2026

Advertisement

އއ.މާޅޮހުގައި ތަރައްގީކުރާ އައުޓްޑޯ ޖިމްގެ %75 މަސައްކަތް ނިމިއްޖެ

19 އޭޕްރީލު 2026

|

ފާތުމަތު އަދާ

އއ.މާޅޮހުގެ ތަރައްގީކުރާ އައުޓްޑޯ ޖިމް/ފޮޓޯ:އާރްޑީސީ

 ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އއ.މާޅޮހުގައި ތަރައްގީކުރާ އައުޓްޑޯ ޖިމްގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފި އެވެ.

އާރްޑީސީން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ބުނީ އއ.މާޅޮހުގައި ތަރައްގީކުރާ އައުޓްޑޯ ޖިމްގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކުލަލުމުގެ މަސައްކަތް ކަމަށެވެ.

އއ.މާޅޮހުގައި ތަރައްގީކުރާ އައުޓްޑޯ ޖިމްގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު މާރިޗް މަހުގައެވެ.

އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަޝްރޫއަކީ ރައިސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުއިޒްގެ ވައުދުފުޅެއް ކަމުން ދެ އަހަރުތެރޭ އައުޓްޑޯ ޖިމެއް ހުރިހާ ރަށެއްގައި ގާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ބައެއް ރަށް ރަށުގައި އައުޓުޑޯ ޖިމް ނިމި އާންމުނަށް ބޭނުން ކުރުމަށް ވަނީ ހުޅުވާލާފަ އެވެ.

އާރްޑީސީއާ ގުޅިގެން ސަރުކާރުން އަންނަނީ ގިނަ އަދަދެއްގެ މަޝްރޫއު ކުރިއަށް ގެންދަމުންނެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލުމެވެ.

ކިޔުންތެރިންގެ ހިޔާލު