ENGLISH

19 އޭޕްރީލު 2026

Advertisement

އޮސްޓްރޭލިއާއިން ރާއްޖެއަށް "ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު" ރަސްމީކޮށް ހަވާލުކޮށްފި

19 އޭޕްރީލު 2026

|

ފާތުމަތު އަދާ

"ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު" ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

އޮސްޓްރޭލިއާ ސަރުކާރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ހަދިޔާކުރި ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިން ނޭވަލް ބޭސްގައެވެ.

މި ރަސްމިއްޔާތު ޝަރަފްކޮށްދެއްވީ އޮސްޓްރޭލިއާގެ ރޯޔަލް ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާ އަދި އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ކޮމަންޑަންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް އެވެ. ބްރިގޭޑިއަރ ޖެނެރަލް ސަލީމްގެ ވާހަކަފުޅުގައި، މިއީ ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ލިބުނު އަގުނުކުރެވޭ ފަދަ އެހީއެއްކަން ފާހަގަކުރައްވައި، އޮސްޓްރޭލިއާ ސަރުކާރަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި، ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާގެ ވާހަކަފުޅުގައި، ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުގެ ބަދަހި ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ބޯޓު ހަދިޔާކުރާނެކަން އިއުލާނުކުރީ 2025 ވަނަ އަހަރުގެ ޖޫން މަހު އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި އުޅަނދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ރާއްޖޭގެ ސިޔާދަތީ ބާރު ވަރުގަދަކުރުމަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.

މި އުޅަނދު ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނީ މި އުޅަނދުގެ ކުރޫންނަށް އޮސްޓްރޭލިއާގައި ކުރިއަށްގެންދާ ޚާއްޞަ ތަމްރީނުތަކާއި ސީ-ޓްރަޔަލްތައް ނިމުމުން، މި އަހަރުގެ މޭ މަހުގެ ފަހުކޮޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު