ENGLISH
19 އޭޕްރީލު 2026
މީހެއްގެ ކަރަށް ހަމަލާދީ ޒަޚަމްކޮށްލުން: ހައްޔަރުކުރި މުއްލާގެ ބަންދަށް ހަތް ދުވަސް
19 އޭޕްރީލު 2026
|
މީހެއްގެ ކަރަށް ހަމަލާދިން ކަމުގެ ތުހުމަތު އޮތް މީހާ --
އެންމެ މަޤްބޫލު
މީހެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ފުލުހުންރޭ ބުނީ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އެޕްރީލް 18 ވަނަ ދުވަހުގެ ރޭ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ (28އ) ވަނީ ހައްޔަރު ކޮށްފައި ކަމަށެވެ. އަދި މިއަދު އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަސް ދީފައިވާ ކަމަށެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު 01:08 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާ ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެމީހާ އަށް ހަމަލާދީފައިވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓާ ކަމަށް ފުލުހުން ބުނީ ރޭގެ ވަގުތެއްގަ އެވެ.
އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށް ވެސް ބުންޏެވެ
މި ހަމަލާގައި އެ މީހާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ.