ENGLISH

19 އޭޕްރީލު 2026

Advertisement

ހުއްޓުމެއް ނެތި ތެޔޮ ލިބޭނެ، މި މަހު އިތުރު ތިން ޝިޕްމެންޓު ގެނެވޭނެ

19 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

މާލީ ވަޒީރު މޫސާ ޒަމީރު، ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކާއެކުވެސް ރާއްޖެއަށް ބޭނުންވާ ތެޔޮ ހުއްޓުމެއްނެތި ލިބޭނެކަން ސަރުކާރުން ކަށަވަރުކުރާނެކަމަށާއި، އެކަމަށްޓަކައި މިމަހުވެސް ތިން ޝިޕްމެންޓުގެ ތެޔޮ ލިބޭނެ ކަމުގައި ސަރުކާރުން ބުނެފިއެވެ. 

ހަނގުރާމައިގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ފަރާތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ސަރުކާރުގެ އަމާޒަަކީ ހުއްޓުމެއްނެތި ރާއްޖެއަށް ބޭނުންވާ ތެޔޮ ލިބޭނެކަން ޔަގީންކުރުން ކަމަށެވެ. 

ޒަމީރު ވިދާޅުވީ މިއަދު ތެޔޮ ލިބޭނެކަން ސަރުކާރުން ޔަގީންކުރާނެކަމާމެދު ސުވާލެއް ނެތް ކަމަށެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި ސުވާލުތައް އަންނަނީ އަގާ ގުޅޭ ގޮތުން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ އަގަކީ ރާއްޖެއަށް އަދި ދިވެހި ސަރުކާރަށް އެކަމުގެ މައްޗަށް ނުފޫޒެއް ފޯރުވޭނެ ކަމެއް ނޫން ކަމަށެވެ. 

ތެޔޮ ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި މަހުގެ 18 ވަނަ ދުވަހު 18،000 މެޓްރިކްޓަނުގެ ޑީސަލާއި، 5،400 މެޓްރިކްޓަނުގެ ޕެޓްރޯލު ޝިޕްމެންޓެއް ގެނެސްފައިވެއެވެ. އަދި އޭޕްރީލު 24 ވަނަ ދުވަހު 25،400 މެޓްރިކްްޓަނުގެ ޑީސަލް ޝިޕްމެންޓެއް ލިބޭއިރު، 28 ވަނަ ދުވަހު 28،000 މެޓްރިކްޓަނުގެ ޖެޓް ފިއުލް ޝިޕްމެންޓެއް ރާއްޖެއަށް އަންނާނެއެވެ. 

"އެހެންވީމާ ތެޔޮ ގެނައުމުގައި އެއްވެސް ދަތިކަމެއް ނެތް. ތެޔޮ ސްޓޮކްކުރުމަށްޓަކައި ކުރިންވެސް ދެންނެވިހެން މެދުތެރެއިން އާައްމުކޮށް އޮމާނުން ގަންނަމުން އައި ކަމުގައިވިޔަސް ސިންގަޕޫރުންވެސް ހުންނާނީ ޝިޕްމެންޓުތައް ގެނެސްފައި. ރައްޔިތުންނަށް އަދި ރާއްޖޭގެ ވިޔަފާރިތަކަށްވެސް ދަތިތަކެއް ނެތި ތެޔޮ ލިބުމުގައި ދަތިތަކެއް ތެޔޮ ލިބޭނެ ގޮތްތައް ހުންނާނީ ހަމަޖައްސާފައި،" ޒަމީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ސިނާއަތްތައް ކުރިއަށްގެންދިއުމަށް ތެޔޮ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާނެއެވެ. މިސާލެއްގެ ގޮތުން ވަޒީރު ފާހަގަަކުރެއްވީ ރޯދަމަސް ނިމުނުއިރު މަސްވެރިކަމުގެ ސިނާއަތް ދަތި ހާލަތުގައި އޮތުމުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަރުކާރުން ނިންމި ނިންމުމެވެ. 

އަދި މުދަލުގެ އަގުތައް ހެޔޮކުރުމަށް ބަލާއިރު ސަރުކާރުން މާލީ ސިޔާސަަތުތަކަށް ގެނައި އިސްލާހުތަކާއެކު، އެވެރެޖުކޮށް ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާގައި ވިޔަފާރިތަކަށް މާލީ އެހީގެ ގޮތުގައި ދޫކުރެވުނީ އެވެރެޖުކޮށް 5.6 މިލިއަން ޑޮލަރު ކަމަށްވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ 106 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު