ENGLISH

19 އޭޕްރީލު 2026

Advertisement

އއ. ފެރިދޫ ޕޮލިސް ޕޯސްޓް ނިންމުމުގެ މަސައްކަތް ކުރިއަށް

19 އޭޕްރީލު 2026

|

ފާތުމަތު އަދާ

އއ.ފެރިދޫގައި އިމާރާތްކުރާ  ޕޮލިސް ޕޯސްޓުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިގޮތުން މިހާރު ކުރިއަށް ދަނީ އިމާރަތުގެ ދޮރުތަކާއި ކުޑަދޮރުތައް ހަރުކުރުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސއިން ބުންޏެވެ.

އެމްޓީސީސީން ބުނީ މިހާރު މުޅި މަޝްރޫޢުގެ 73.65 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރުއުގެ ދަށުން ފެރިދޫ ފުލުހުންގެ ޕޯސްޓުގެ ގޮތުގައި އަޅަނީ އެއް ފަންގިފިލާގެ އިމާރާތެކެވެ. އެ އިމާރާތުގައި އެ ރަށުގެ އާބާދީއަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރާނެ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު