ENGLISH

19 އޭޕްރީލު 2026

Advertisement

އެސްޓީއޯ އިން 'ވަން ޑޭ މޯ' ގެ ޕްރޮޑަކްޓްތައް ބާޒާރަށް ނެރެފި

19 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

އެސްޓީއޯ އިން 'ވަން ޑޭ މޯ' ގެ ޕްރޮޑަކްޓްތައް ބާޒާރަށް ނެރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- އެސްޓީއޯ

ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އިން، ޖެނެރަލް ޓްރޭޑިންގުން "ވަން ޑޭ މޯ" ގެ ޕްރޮޑަކްޓް ރޭންޖް ބާޒާރަށް ނެރެ ވިއްކަން ފަށައިފި އެވެ.

ޔޫރަޕްގެ މަޝްހޫރު މި ޕްރޮޑަކްޓްތައް ތަޢާރަފް ކޮށްފައިވަނީ، މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވުނު ހާއްސަ ހަފްލާއެއްގަ އެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ހީޓް ޖިމްގެ ސީއީއޯ އަދި ފިޓްނަސް އިންސްޓްރަކްޓަރ އައިޝަތު ޝިފާނާ ވަޖީހެވެ. މި ހަފްލާގައި ޝިފާނާ ވަނީ އުފެއްދުންތަކާއި ގުޅޭ ސިއްޙީ ފައިދާތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފަ އެވެ.

އެސްޓީއޯ އިން ބާޒާރަށް ނެރުނު ވަން ޑޭ މޯ ގެ އުފެއްދުންތައް-- ފޮޓޯ: އެސްޓީއޯ

'ހެލްތީ، ނެޗުރަލް، ޕްރިމިއަމް ބްރޭކްފާސްޓް ބްރޭންޑް' އެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ "ވަން ޑޭ މޯ" ގެ އުފެއްދުންތަކުގެ ތެރޭގައި ގްރެނޯލާ، މޫސްލީ އަދި އޯޓްމީލް، ޕޮރިޖް އަދި ޕްރޮޓީން އެކުލެވޭ ސީރިއަލް ފަދަ ތަފާތު ބާވަތްތައް ހިމެނެ އެވެ.

އެސްޓީއޯއިން ބުނީ މި އުފެއްދުންތަކަކީ ހެނދުނުގެ ނާސްތާ ގަޑިއަށް ހާއްސަ އަދި ދުވަހުގެ އެހެން ގަޑިތަކުގައިވެސް ކާލެވޭ، މީރު އުފެއްދުންތަކެކެވެ. މީގެ އިތުރުން ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދީގެން އުޅޭ ފަރާތްތަކަށް، ކޮންމެ ދުވަހެއްގެ ކެއުންތަކަށްވެސް އިތުރު ކޮށްލެވޭނެ، ހަށިގަނޑަށް ފައިދާ ހުރި އުފެއްދުމެެއް ކަމަށް ބުނެފައިވެ އެވެ.

އެސްޓީއޯ އިން ބާޒާރަށް ނެރުނު ވަން ޑޭ މޯ ގެ އުފެއްދުންތައް-- ފޮޓޯ: އެސްޓީއޯ

މި ބްރޭންޑްގެ ޕްރޮޑަކްޓްތައް ބާޒާރަށް ތަޢާރަފް ކުރެވިގެން ދިއުމާއިއެކު، ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ. ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މި ކެމްޕެއިންގައި، 'ވަން ޑޭ މޯ' ގެ ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓް ތަކެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

އެސްޓީއޯއިން ބުނީ، 'ވަން ޑޭ މޯ' ގެ ހުރިހާ އުފެއްދުންތަކެއް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އަދި ހުޅުމާލެ ފޭސް 1 އައުޓްލެޓުން ލިބެން ހުންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު