ENGLISH

19 އޭޕްރީލު 2026

Advertisement

މިދިޔަ ހަފްތާގައި ފުލުހުން ހިންގި އޮޕަރޭޝަންގައި މާލެ ސަރަހައްދުން 160 މީހުން ހައްޔަރުކޮށްފި

19 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ފުލުހުން މަގުމަތީ އޮޕަރޭޝަންގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ޕީއެސްއެމް

މިދިޔަ ހަފްތާގައި ގްރޭޓަރ މާލެ ސަރަހައްދުން 160 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ، އޭޕްރީލް މަހުގެ 01 އިން 18 ވަނަ ދުވަހާ ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުގައި ފުލުހުން ހިންގާފައިވާ އޮޕަރޭޝަންގެ ތަފާސް ހިސާބުތައް ސޯޝަލް މީޑިއާގައި އާއްމު ކޮށްފަ އެވެ. އެގޮތުން ފުލުުހުން ވަނީ 42،000 ތަން ބަލައި ޗެކްކޮށް، 890 މައްސަލަ ބަލާފަ އެވެ. އަދި މި މައްސަލަތަކުގައި ފުލުހުން ވަނީ 160 މީހުން ހައްޔަރު ކޮށްފަ އެވެ.   

ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ފްރޮންޓްލައިން ފުލުހުން އެންމެ ގިނައިން ގްރޭޓަރ މާލެ ސަރަހައްދުން ބަލައި ޗެކް ކޮށްފައިވަނީ ހުޅުމާލެއިންނެވެ. އެއީ 19،190 ތަނެވެ. އެންމެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވަނީ މާލެ ސަރަޙައްދުންނެވެ. މާލެ ސަރަހައްދުން 338 މައްސަލައެއް ރިޕޯޓްކޮށްފައިވާ އިރު ހުޅުމާލެއިން ރިޕޯޓްކޮށްފައިވަނީ 326 މައްސަލަ އެެވެ. ވިލިމާލެ އިން ރިޕޯޓްކޮށްފައިވަނީ 35 މައްސަލެއެކެވެ.

އޭޕްރީލް މަހުގައި އެންމެ ގިނަ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގަ އެވެ. އެގޮތުން 65 މީހުން މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރުކޮށްފައިވެ އެވެ. ތަފާތު އެހެނިހެން މައްސަލަތަކުގައި ހުޅުމާލެއިން 52 މީހުން ހައްޔަރު ކުރިއިރު މާލެއިން 43 މީހުން ހައްޔަރުކޮށްފައިވެ އެވެ.

ޓްރެފިކް ފުލުހުން ބުނެފައިވަނީ، މި މަހުގެ މިހާތަނަށް 136 ޓްރެފިކާ ގުޅުން ހުރި މައްސަލަ ރިޕޯޓްކޮށްފައިވާ ކަަމަށެވެ.

މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މެދު ނުކެނޑި މަގުމަތީ ފޯރިމެރުމާ، މަގުމަތީ ޓްރެފިކް ބެލެހެއްޓުމުގެ އިތުރުން މަގުމަތީގައި އުޅޭ ޝައްކުވާ މީހުންނާ ސުވާލު ކުރުން ހިމެނެ އެވެ. 

.

ކިޔުންތެރިންގެ ހިޔާލު