ENGLISH
19 އޭޕްރީލު 2026
ހުޅުމާލެ ފިތުރޯނުމަގު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި
19 އޭޕްރީލު 2026
|
ފިތުރޯނުމަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާތަން
އެންމެ މަޤްބޫލު
ހުޅުމާލެ ފިތުރޯނުމަގު މަރާމާތު ކުރުމުގެ އަމާލީ މަސައްކަތް ފަށާފައިވާކަމަށް ހައުސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
މިއީ ހުޅުމާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރުކުރާ ފަރާތްތަކަށް ހުރި ދަތިތަކަށް ހައްލެއް ހޯދުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން އެޗްޑީސީން ކުރިއަށްގެންދާ ހާއްސަ މަސައްކަތެކެވެ.
މި މަޝްރޫއުގެ ތެރެއިން ފިތުރޯނުމަގު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ހުޅުމާލޭގެ ފޭސް 1 އަދި 2 ގެ މަގުތައް މަރާމާތުކުރުމަށްޓަކައި، އެޗްޑީސީން އިންރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޮމްޕެނީއާއެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
އެ މަޝްރޫއުގެ ދަށުން ފޭސް 1 ގައި ބާކީ ހުރި ހުރިހާ މަގުތަކާއި ފޭސް 2 ގައި ވިނަރެސް ރެސިޑެންސް އާ ޖެހިގެން އޮންނަ މަގު ހެދުން ހިމެނެއެވެ. މި މަގުގެ ދިގުމިނަކީ ގާތްގަނޑަކަށް 1.1 ކިލޯމީޓަރެވެ. މި މަޝްރޫއުގެ ދަށުން ފިތުރޯނު މަގު އަދި ފިތުރޯނު މަގުގެ އިތުރުން ތާރު ހަލާކުވެފައިވާ މަގުތަކުގެ މަރާމަތު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.