ENGLISH

19 އޭޕްރީލު 2026

Advertisement

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ދެ މީހުން ވެސް ދޫކޮށްލައިފި

19 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާ

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ވެސް ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ރޭ މާލޭގައި ކުރިއަށް ދިޔަ އެއްވުމުގައި، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.

އެއީ، އުމުރުން 30 އަހަރާއި 49 އަހަރުގެ ދިވެހި ދެ ފިރިހެނުންކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެމީހުންގެ ތެރެއިން 49 އަހަރުގެ މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފައިވާ ކަމަށެވެ. އަދި 30 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކަށް ފަހު އޭނާ ވެސް ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ނައިބު ރައީސް، މައިމޫން މުހައްމަދު އާއި އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް، އަބްދުﷲ ރަޝީދު (ވާވާ) އެވެ. 

އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ސަރުކާރަށް 12 ޑިމާންޑެއްކޮށް ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ. އެމްޑީޕީގެ އިތުރަށް ދެން އެ މުޒާހަރާތަކުގައި ބައިވެރިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ މެމްބަރުންނެވެ.  

ކިޔުންތެރިންގެ ހިޔާލު