ENGLISH
19 އޭޕްރީލު 2026
އިންތިގާލީ ސަރުކާރެއް އެކުލަވާލަންޖެހޭ ހާލަތެއް ނެތް: ޝިޔާމް
19 އޭޕްރީލު 2026
|
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް. ފޮޓޯ؛ ޕީއެންސީ
އެންމެ މަޤްބޫލު
ނިމިދިޔަ އިންތިހާބާ ގުޅިގެން އިދިކޮޅު އެމްޑީޕީން ބުނާ އިންތިގާލީ ސަރުކާރެއް އެކުލަވާލަންޖެހޭ ހާލަތެއް ރާއްޖޭގައި އަދި ނެތް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ އިންތިހާބުގައި އއ.ރަސްދޫއާއި އުކުޅަހާއި ތޮއްޑޫއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި އިއްޔެ އެރަށަށް ކުރެވި ޒިޔާރަތުގައި "އެމްއެމްޓީވީ"އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވަޒީރު ވަނީ މި އިންތިހާބަކީ ރައީސުލްޖުމްހޫރިއްޔާއާ ގުޅުން ހުރި ވޯޓެއް ނޫންކަން ފާހަގަކުރައްވާފަ އެވެ.
"ސިޔާސީ މަންފާއެއް ހާސިލުކުރެވޭތޯ އެ ބަލަނީ. މިއީކީ އެފަދަ ހާލަތެއް އޮތް ކަމެއް ވެސް ނޫން. ސަރުކާރުން އެންމެ ގިނަ ގޮނޑިވެސް ކާމިޔާބުކުރީ. އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ މީގެ ކުރީގެ ސަރުކާރުތަކުން ނޫންތޯ. އެއީ ސަރުކާރެއް އޮވެ ސަރުކާރަކުން ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ ގޮނޑި ކަށަވަރުކުރީ މި ސަރުކާރުން،". ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ ފެނިގެންދަނީ ހިޔާލުފާޅުުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލައްވައިގެން ރައީސުލްޖުމްހޫރިއްޔާ ކުރިއަށްވަޑައިގަންނަވާ މަންޒަރު ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ނާކާމިޔާބުވެފައިވާކަމަށް ބުނެ ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވައިލަން އެމްޑީޕީން އަންނަނީ ގޮވާލަމުން ނެވެ. އަދި ސަރުކާރަށް 12 ޑިމާންޑެއްކޮށް ކޮންމެ ރެޔަކުހެން މުޒާހަރާތަކެއް ވެސް އަންނަނީ ކުރަމުން ނެވެ.