ENGLISH
10 އޭޕްރީލު 2025
ސްރީ ލަންކާގެ ރައީސްގެ ފުރަތަމަ ދަތުރުފުޅު އިންޑިޔާއަށް
16 ޑިސެމްބަރު 2024
|
ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރު ޑިސަނަޔަކަގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އަވަށްޓެރި އިންޑިޔާއަށް މިއަދު ފައްޓަވައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ސްރީ ލަންކާގެ ރައީސްގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވި ޑިސަނަޔަކަ އިންޑިޔާއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި، މިއަދު ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑްރޫޕަދީ މުރުމު އާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުންތަކުގައި، މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރެއްވި ކަމަށް ބުނެފައިވެއެވެ.
ސްރީ ލަންކާގެ މައްޗަށް ޗައިނާއިން އޮތް ބާރު އިތުރުވަމުންދާތީ، އިންޑިޔާއިން މީގެކުރިން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
މި ފަހުން، ސްރީ ލަންކާގައި އިންޑިޔާއިން ކުރާ އިންވެސްޓުމަންޓުތައް އިތުރުކޮށްފައިވިޔަސް، ޗައިނާ އަކީ އަދިވެސް އެއް ޤައުމަކުން ސްރީ ލަންކާއިން އެންމެ ގިނައިން ލޯނުތައް ނަގާފައިވާ ޤައުމެވެ.
ޗައިނާގެ ވެރިންނާ އެކު މަޝްވަރާތައް ބޭއްވުމަށް، ރައީސް ޑިސަނަޔަކަ އަންނަ އަހަރުގެ ކުރީކޮޅު އެ ޤައުމަށް ވެސް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ތާވަލުކޮށްފައެވެ.