ENGLISH
20 އޭޕްރީލު 2026
ނަތީޖާ ހާސިލުކުރެވުނީ އެއްބައިވަންތަކަމާއެކު ކުރެވުނު މަސައްކަތުން: ވަޒީރު ރާފިޢު
19 އޭޕްރީލު 2026
|
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު
އެންމެ މަޤްބޫލު
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބު ލިބި ނަތީޖާ ހާސިލުކުރެވުނީ ޕާޓީގެ ބަދަހިކަމާއި، މެމްބަރުންގެ އެއްބައިވަންތަކަމާއެކު ކުރެވުނު ބުރަ މަސައްކަތުންކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ނިމިދިޔަ އިންތިޚާބުގައި އއ. އުކުޅަހާއި ތޮއްޑުއާ ރަސްދޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ރަސްދޫގައި ބޭއްވި ޕީއެންސީގެ ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
"މި އިންތިހާބަކީ އަޅުގަނޑުމެން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްގެން، އަޅުގަނޑުމެން އެކެއް އަނެކަކަށް އެހީތެރިވެ، އެއްބައެއްގެ ގޮތުގައި އެއް މަސައަކަތެއް ކޮށް އެއް ލަނޑުދަނޑިއެއް ހާސިލުކުރަން ކުރި މަސައްކަތެއް. މިކަން މިވަނީ ކާމިޔާބުވެފައި،". ވަޒީރު ވިދާޅުވި އެވެ.
ރަސްދޫގެ ކެމްޕެއިން ޓީމާ ހަވާލުވެ އެންމެ ފުރަތަމަވެސް ދާއިރާއަށް ކުރެއްވި ޒިޔާރަތުގައި ތަރައްގީގެ ރޮނގުން މި ދާއިރާގެ ތިން ރަށުގެ ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަހުރިކަން އެނގިގެން ދިޔަކަމަށް ވަޒީރު ވިދާޅުވި އެވެ.
"އެކަންކަން ކުރުމުގައި ސަރުކާރުން ގެންގުޅުނު ޕޮލިސީ ރައްޔިތުންނަށް އަޅުގަނޑުމެން ވަރަށް ރަނގަޅަށް ކިޔާދިނިން،". ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ ނަތީޖާ ނެެރެވުނީ އެއްޓީމެއްގެ ގޮތުގައި އެއް މަގުސަދެއްގައި ކުރެވުނު މަސައްކަތުގެ ސަބަބުން ކަމަށެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އއ. ރަސްދޫ ކައުންސިލުގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް ލިބުނީ މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ވެރިކަން ހިނގަން ފެށިތާ 18 އަހަރު ފަހުން ފުރަތަމަ ފަހަރަށެވެ.
މި އިންތިހާބުގައި ރަސްދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ވަނީ ކާމިޔާބު ކޮށްފަ އެވެ.
ދާއިމީ ނަތީޖާއިން ދައްކާގޮތުން ކައުންސިލްގެ ތިން ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބު ކުރީ ޕީއެންސީން ނެވެ. ވުމާއެކު މިފަހަރުގެ އިންތިހާބު ވެފައިވަނީ ރަސްދޫގެ ތާރީހުގައި އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ދެރައަށެވެ.