ENGLISH
22 އޭޕްރީލު 2026
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން 160 އަށް ވުރެ ގިނަ ބިން ހަވާލުކޮށްފި
19 އޭޕްރީލު 2026
|
ގުޅީފަޅު--
އެންމެ މަޤްބޫލު
ބިންވެރިޔާ ސްކީމްގެދަށުން ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 160 އަށްވުރެ ގިނަ ބިން ހަވާލުކޮށްފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ނިމިދިޔަ ސަރުކާރުން ތައްޔާރުކުރި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް، މި ސަރުކާރުންވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކުރިން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވާ ބައެއް މީހުންގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްފައިވެ އެވެ. އެއާއެކު ކުރިން ދޫކުރި ރަޖިސްޓްރީތައް އުވައިލުމަށްފަހު، ގޯތި ދޫކުރާނެ ސަރަހައްދުތައް އަލުން ކަނޑައަޅައި ޖުލައި މަހު ގޯތި ދޫކުރަން ފަށާފައިވެ އެވެ.
އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ، އެތަނުގައި ދިރިއުޅޭނެ އާބާދީއަށް އެކަށީގެންވާ ޚިދުމަތްތައް ޤާއިމުކުރުމަށް ބޮޑެތި ބަދަލުތައް ގެނައުމަށެވެ.
ގުޅީފަޅުން ދޫކުރަން ނިންމާފައިވަނީ 2،438 ގޯއްޗެވެ. އެތަނުން ބިން ލިބުނު މީހުންނަށް ގޯތި ލިބޭ ސަރަޙައްދާއި ޕްލޮޓް ކަނޑައެޅުމަށް، އައު ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ވަނީ ގުރުއަތު ނަގާފަ އެވެ. އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.
ގުޅިފަޅުން 7 ސައިޒެއްގެ ބިން ދޫކުރުމަށްވަނީ ހަމަޖެހިފަ އެވެ. މީގެތެރޭގައި 1250 އަކަފޫޓާއި 3650 އަކަފޫޓާއި ދެމެދުގެ ސައިޒުގެ ގޯތި ހިމެނެއެވެ.
ގުޅިފަޅުން ދޫކުރާ ގޯތީގެ ތަފްސީލް:
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންއަށް ތިން ފަހަރެއްގެ މަތިން ބަދަލުގެނެވިފައިވެ އެވެ. މި ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަޙައްދެއް ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން އެތާގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ތަރައްޤީކުރުމަށްވެސް ބިން ކަނޑައަޅާފައިވެ އެވެ. އެގޮތުން ތަޢުލީމީ ހިދުމަތާއި، ސިއްހީ ހިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށްވެސް ޚާއްސަ ސަރަހައްދުތައް ކަނޑައަޅާފައިވެ އެވެ.
ސަރުކާރުން އަންނަނީ، ގުޅީ ފަޅުން ބިން ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އެހެނިހެން ހިދުމަތްތައް ތަރައްްީ ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މަގުތަކާއި، ޔުޓިލިޓީ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ހިމެނެ އެެވެ.