ENGLISH

20 އޭޕްރީލު 2026

Advertisement

ރާއްޖެއެތެރެކުރަން އުޅުނު ކިލޯއަކަށް ވުރެ ގިނަ ޑްރަގް އަތުލައިގެންފި، މަގުމަތީ އަގު 1.9 މިލިއަނަށް އަރާ

19 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ކަސްޓަމްސްއިން ވަނީ މަސްތުވާތަކެތި ހިމެނުނު ޕެކޭޖެއް އަތުލައިގެންފަ.ފޮޓޯ: ކަސްޓަމްސް

ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މި ތަކެތި އަތުލައިގަތީ މި މަހުގެ 14 ވަނަ ދުވަހާއި 17 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި އޮޕަރޭޝަންތަކެއްގަ އެވެ. 

އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންނެވެ. މި ދެ އޮޕަރޭޝަނުގެ ތެރެއިން މި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 31 ގްރާމުގެ ހެރޮއިން އަދި 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 1،820 ގްރާމް ހެރޮއިން އަތުލައިގެންފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ. 

މި ތަކެތީގެ މަގުމަތީއަގު 1.9 މިލިއަން ދިވެހި ރުފިޔާ އަށްވުރެ އިތުރުކަމަށް ކަސްޓަމްސްއިން ބުނެ އެވެ. 

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސް އިން އަންނަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު