ENGLISH

19 އޭޕްރީލު 2026

Advertisement

މީހެއްގެ ކަރަށް ހަމަލާދީ ޒަޚަމްކޮށްލުން: ބިދޭސީއަކު ހައްޔަރު ކޮށްފި

19 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ ޚިދުމަތް --

މީހެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އެޕްރީލް 18 ވަނަ ދުވަހުގެ ރޭ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ (28އ) ވަނީ ހައްޔަރު ކޮށްފައި ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު 01:08 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާ ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެމީހާ އަށް ހަމަލާދީފައިވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓާ ކަމަށް ބުންޏެވެ. އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށް ވެސް ބުންޏެވެ

މި ހަމަލާގައި އެ މީހާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު