ENGLISH

19 އޭޕްރީލު 2026

Advertisement

ހަރުމުދަލެއް ނުވިއްކާ، އިތުރު ލޯނެއް ނުނަގާ 524 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކީ އަމިއްލަ ބާރުވެރިކަމުގައި: ރައީސް

19 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މިރޭގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) މި ސަރުކާރުން ދެއްކީ ހަރުމުދަލެއް ނުވިއްކާ، އިތުރު ލޯނެއް ނުނަގާ ދިވެހި މާލިއްޔަތުގެ އަމިއްލަ ބާރުވެރިކަމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ އއ. ރަސްދޫގައި އޮތް ކޮންގްރެސް ޕާޓީގެ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފްލާއަކީ ނިމިދިޔަ އިންތިޚާބުގައި އއ. އުކުޅަހާއި ތޮއްޑުއާ ރަސްދޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި އުފާފާޅުކުރުމުގެ ހަފްލާ އެކެވެ.

މިދިޔަ ވެރިކަމުގައި ނެގި 500 މިލިއަން ޑޮލަރުގެ ދަރަންޏަކީ އަދާކުރާނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތި ނެގި ދަރަންޏެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ އިސްކަން ދެއްވީ 524 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުކުމަށް ކަމަށެވެ.

އަދި އިރާދަފުޅުން އެ ބޮޑު ލޯނު ދެއްކީ ދިވެހީންގެ ހަރުމުދަލެއް ނުވިއްކާ، އިތުރު ލޯނެއް ނުނަގާ ދިވެހި މާލިއްޔަތުގެ އަމިއްލަ ބާރުވެރިކަމުގައި ކަމަށެވެ.

"އެކަންކުރީ އަަޅުގަނޑުމެންގެ އަމިއްލަ އިޤްތިސާދުގައި ހުރި ހަކަތައިން. އިތުރު ދަރަނިތައް ނުނަގަނާ. ރައްޔިތުންގެ ބޮލުގައި އެޅިފައިވާ މިބޮޑު ދަރަނި، އަޅުގަނޑުމެންނަށް ވާރުތަވި މި ބޮޑު ދަރަނި 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ދަރަނި ދެއްކުމަށް އިސްކަން ދިނީ. އަޅުގަނޑުމެން އެކަން އިރާދަކުރެއްވިއްޔާ ކޮށްފައި އެވަނީ އަޅުގަނޑުމެންގެ ޤައުމުގެ އިތުރު އެއްވެސް ހަރުމުދަލެއް ނުވިއްކާ އިތުރު އެއްވެސް ބޮޑު ދަރަންޏެއް ރައްޔިތުންގެ ބޮލުގައި ނާޅުވާ އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަމުގައި ދައްކާ އެ އޮތީ ޚަލާސްކޮށް ނިންމާފައި،" ރައީސް މިރޭ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސުކޫކު ދެއްކުމާއެކު ޤައުމުގެ މުހިންމު ބިނާތައް ރަހުނުން ސަލާމަތްވެފައިވާ ކަމަށެވެ. ކުރީ ސަރުކާރުތަކުން މި ލޯނުތައް ނެގީ ދިވެހީންގެ ހަރުމުދާތައް ރަހުނުކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލާއި މާލޭ ސަރަޙައްދުގައި ހުރި އެތައް ސުކޫލް އިމާރާތަކާއި ދައުލަތުގެ ބައެއް މުހިންމު އިދާރާތައް ހިންގަމުންދާ އިމާރާތްތައް ވެސް ހިމެނެ އެވެ. މާލޭގެ 11 ސުކޫލެއް ވެސް ވަނީ ރަހުނުކޮށްފަ އެވެ. މިއީ ލޯނު ނުދެއްކިއްޖެ ޙާލަތެއްގައި ދަރަނި ދިން ފަރާތަށް ނެގޭނެ ތަންތަނެވެ.

ސުކޫކް އަނބުރާ ދެއްކުމާއެކު ދައުލަތުގެ މާލީ ހާލަތު ވަރުގަދަވެ، އާމްދަނީ އިތުރުވެފައިވާ ކަަމަށް މާލީ ވުޒާރާ އިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު