ENGLISH
18 އޭޕްރީލު 2026
ރައީސް ދެއްވި ޔަޤީންކަން: ހުރިހާ ރަށަކަށް ހަމަހަމަވާނެ، ތަފާތެއް ނުކުރާނަން
18 އޭޕްރީލު 2026
|
މިރޭގެ ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ
އެންމެ މަޤްބޫލު
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ކޮންމެ ގޮތަކަށް ނަތީޖާ ނިކުތް ނަމަވެސް ހުރިހާ ރަށަކަށް ހަމަހަމަ ކަމާއެކު ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އޮންނާނެ ކަމަށާ ސިޔާސީ ވިސްނުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހާއި ތޮއްޑުއާ ރަސްދޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ރަސްދޫގައި ބޭއްވި އުފާފާޅުކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތިން ރަށުގެ ވަރަށް ގިނަ ބަޔަކު ބައިވެރިވި ހަފްލާގައި ރައީސް ވިދާޅުވީ މުޅި ރާއްޖެއިން ކޮންގްރެސް ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ސިޓީތަކާއި ފެންނަ ނުފެންނަ ވޯޓުން ބޮޑު ނާކާމިޔާބީއެއް ވެސް ލިބުނު ކަމަށެވެ.
ރައީސް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް ސަރުކާރުން ހުރިހާ ރަށަކަށް ހަމަހަމަ ކަމާއެކު ފުރިހަމަ އެއްބާރުލުމާއި ތާއީދު ދޭނެ ކަމަށެވެ. އަދި އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގައި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގައި ތަކުރާރު ކުރައްވާ ވިދާޅުވި އެވެ.
އެމަނިކުފާނު މިރޭ ވެސް ވިދާޅުވީ އެމަނިކުފާނުގެ ކުުރިމަތީގައި ހުރިގާ ރައްޔިތުންނާއި ހުރިހާ ރަށެއް ވެސް ހަމަހަމަ ވާނެ ކަަމަށެވެ. ކުޑަވެސް ތަފާތެއް ނުގެންގުޅުއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ކައުންސިލަކުން ހުރަހެއް އަޅާނަމަ އެކަން ރައްޔިތުންނަށް ސާފުކޮށް ދެއްވާނެ ކަމަށާ އަދި އެ ހުރަހެއް ނައްތާލާ ތަރައްޤީ ގެނެސް ދެއްވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.
އެއްވެސް ހަމަހަމަ ވާން ޖެހޭނެރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޚިދުމަތް ދިނުމަށްއުކުޅަހާއި ރަސްދޫ އަދި ތޮއްޑޫން ލިބުނީ ތާރީޚީ ކާމިޔާބެއްސަރުކާރުން ވެސް ހުރިހާ ރަށަކަށް ހަމަހަމަ ކަމާއެކު ތާއީދު ދޭނެ ކަމަށްނާކާމިޔާބުވިތަރައްޤީ ގެނައުމުގައި ތަފާތު ނުކުރައްވާނެ ކަމަށް
މިރޭ އޮތް ޖަލްސާތައި ރައީސް ވަނީ އެމަނިކުފާނު ރައީސްކަން ކުރައްވާ ކޮންގްރެސްގެ އިންތިޚާބީ ހުރިހާ ކެންޑިޑޭޓުންނަށް ވެސް އިލްތިމާސެއް ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ކޮންގްރެސްގެ ޓިކެޓްގައި އިންތިޚާބުގައި ކާމިޔާބު ހޯދުނު ނަމަވެސް ރަށުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ވާން ޖެހޭނެ ކަމަށެވެ.
އަދި ޚިދުމަތް ދިނުމުގައި އެއްވެސް ރައްޔިތަކަށް ތަފާތު ނުކުރެއްވުމަށް އިލްތިމާސް ކުރެއްވި އެވެ. ރައީސް ވިދާޅުވީ އިންތިޚާބުވުމަށް ފަހު ކޮންމެ ރައްޔިތަކަށް ވެސް އަދުލްވެރިވާން ޖެހޭނެ ކަމަށެވެ.
އެކަމުގައި އެއްގޮތަކަށް ވެސް ސިޔާސީ ވިސްނުން އިސްނުކުރުމަަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ ކޮންގްރެސްގެ ކެންޑިޑޭޓުން އިންތިޚާބު ކޮށްދެއްވި ހުރިހާ ރަށްތަކުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.