ENGLISH
19 އޭޕްރީލު 2026
މުޅި ނިޒާމް ހަރުދަނާކުރުމުގައި ޑޮކްޓަރުން އަދާކުރަނީ އެންމެ މުހިންމު ދައުރު: ޢަބްދުއްރައްޒާޤް ޙަލީމް
18 އޭޕްރީލު 2026
|
މާލެ ސިޓީ ގްރޫޕްސް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް. ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ސިއްހީ މުޅި ނިޒާމު ހަރުދަނާކަމާއެކު ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ ޑޮކްޓަރުންކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި ޢަބްދުއްރައްޒާޤް ޙަލީމް ދެއްވި ހާއއްސަ މެސެޖުގައި ވަނީ، ދުވަހުގެ މުނާސަބަތުގައި އެންމެހާ ޑޮކްޓަރުންނަށް ތަހުނިޔާ އަރިސްކޮށްފައެވެ.
ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މުޅި ޞިއްޙީ ނިޒާމް ހަރުދަނާކަމާއެކު ދެމެހެއްޓުމުގައި ޑޮކްޓަރުންގެ ދައުރު ބޮޑުކަމަށެވެ. އަދި މަސައްކަތުގެ މައިދާނުގައި ކޮންމެ ދުވަހަކު ކުރިމަތިވާ ނުތަނަވަސްކަމާއި ގޮންޖެހުންތަކާއިއެކުވެސް ބަލިމީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ޑޮކްޓަރުން ދައްކަވާ ސާބިތުކަމަކީ މުޅި ޤައުމު ފަޚުރުވެރިވާކަމެއްގެ ގޮތުގައިއެ މެސެޖުގައި ސިފަކުރައްވާފައިވެއެވެ.
"ޞިއްޙީ މުޅި ނިޒާމު ހަރުދަނާކަމާއެކު ދެމެހެއްޓުމުގައި ތިބޭފުޅުން އަދާކުރައްވަނީ އެންމެ އަދި އެންމެ މުހިންމު ދައުރު. ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އާއިލާއާއި އަމިއްލަ ކަންކަމަށް ލިބޭ ވަގުތާއި ނިދި ގުރުބާންކޮށް ރެއާއި ދުވާލު ތިޔަ ކުރައްވާ ބުރަ މަސައްކަތަކީ އަގު ނުކުރެވޭފަދަ މާތް އިންސާނީ ޚިދުމަތެއް." އަބްދުއްރައްޒާޤް ހަލީމް ވިދާޅުވިއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމަށް ޑޮކްޓަރުން ދެއްވާ އަހައްމިއްޔަތާއި ބަހައްޓަވާ ގާތްކަމާއި، އެއްބާރުލެއްވުމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ޑޮކްޓަރުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށްދިއުމަށް ބޭނުންވާ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި އަދުގެ ސަރުކާރުން ސާބިތުކަމާއެކު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ ދެއްވާފައެވެ.