ENGLISH

19 އޭޕްރީލު 2026

Advertisement

ފަޅުރަށަކުން ފެނުނު ކިނބުލެއް ހިފައި ސިފައިންނާ ޙަވާލުކޮށްފި

18 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ނައިފަރުން ހިފި ކިނބޫ. ފޮޓޯ: އެމްއެންޑީއެފް

ދެމީހަކު އެކަނި ކިނބުލެއް ހިފައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ދިގު މިނުގައި 5 ފޫޓް ހުރި މި ކިނބޫ ފެނިފައިވަނީ، ޑިންގީއެއްގައި ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށަކަށް ދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރު ކަމަށެވެ.

ކިނބޫ ފެނުމުން އެމީހުން ވަނީ ކިނބޫ ހިފައި ޅ. ނައިފަރަށް ގެންދިއުމަށްފަހު ސިފައިންނާ ހަވާލުކުރިއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ޅ.ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު 10:51 ހާއިރުއެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ސިފައިން ނައިފަރަށް ގޮސް، އެ ކިނބޫ ޅ. މާފިލާފުއްޓަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު