ENGLISH

18 އޭޕްރީލު 2026

Advertisement

ލޯކަލް ކައުންސިލު އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް

18 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ގުނުމުގެ ތެރެއިން، ފޮޓޯ: މިހާރު

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަަލް ކައުންސިލު އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށިއްޖެއެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމަށް 6،172 ވޯޓު ކަރުދާސްވަނީ ޗާޕުކޮށްފއެވެ. މިއަދު އިންތިހާބު ކުރިއަށްދާނީ ފަސް ދާއިރާއެއްގައި ފަސް މަގާމަކަށް މީހުން އިންތިހާބުކުރުމަށެވެ. އެއީ ފުވައްމުލަކު ސިޓީގެ ދަޑިމަގުގެ ދާއިރާގެ ކައުންސިލު އިންތިހާބާއި، ބ.ދޮންފަނުގެ ކައުންސިލު އިންތިހާބާއި، ހއ.ކެލާ އަންހެނުންގެ ތަރައްގީއަސް މަސައްކަތްްކުރާ ކޮމިޓީއާއި ހދ.ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ލ.މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެވެ. 

މި ދާއިރާތަކުގައި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދަނީ ފުރަތަަމަަ ބުރުގައި އެ ދާއިރާތަކުގައި ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމާ ގުޅިގެންނެވެ. މި ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވެއެވެ. 

އެގޮތުން ކެލާއާއި މާވަށާއި ފުވައްމުލަކު ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ފޮށި އަދި ނޭކުރެންދޫއާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި އެއް ފޮށި ބަހައްޓާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފަައިވެއެވެ. 

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް 6،093 މީހުން ރަޖިސްޓްރީކޮށްފަައިވެއެވެ. އޭގެ ތެރޭގައި 1،729 މީހުން ކެލާ އިންތިހާބުގައި އަދި ނޭކުރެންދޫ އިންތިހާބުގައި 1،056 މީހުން އަދި ދޮންފަނު އިންތިހާބުގައި 441 މީހުންނާއި، މާވަށު އިންތިހާބުގައި 1،556 މީހުންނާއި ފުވައްމުލަކު ސިޓީގެ ދަޑިމަގު އަވަށުގެ އިންތިހާބުގައި 1،311 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. 

މި ދާއިރާތަކުގެ އިންތިހާބަށް މާލޭގައި ޖުމްލަ ހަ ވޯޓު ފޮށި ބަހައްޓާނެކަން އިލެކްޝަންސް ކޮމިޝަަނުންވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ކެލާއާއި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކުރި ފޮށި ހުންނާނީ ތާޖުއްދީން ސްކޫލުގައެވެ. އަދި ނޭކުރެންދޫއާއި މާވަށުގެ ފޮށިތައް ހުންނާނީ ހިރިޔާ ސްކޫލުގައެވެ. ފުވައްމުލަކު ދަޑިމަަގު އަވަށުގެ ވޯޓުފޮށި ހުންނާނީ ދަރުމަވަންތަ ސްކޫލުގައެވެ. 

ކިޔުންތެރިންގެ ހިޔާލު