ENGLISH

03 މޭ 2026

Advertisement

އެމެރިކާއިން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮއްވާ އީރާނުގެ ބައުޒަރެއް އެތަން ހުރަސްކޮށްފި

15 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ހޮރްމޫޒް ކަނޑުއޮޅިން ތެޔޮބޯޓެއް ދަތުރުކުރަނީ. ފޮޓޯ: އޭޮޕީ

އެމެރިކާއިން ހޮރްމޫޒް ކަނޑުއޮޅިއާއި އީރާނުގެ ބަނދަރުތައް ބަންދުކޮށްފައިވަނިކޮށް، އީރާނުގެ ބައުޒަރެއް އެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކޮށްފިއެވެ.

އީރާނުގެ "ފާސް" ނޫހުން އެކަން ހާމަކޮށް ބުނީ، އެމެރިކާއިން އެ ކަނޑުއޮޅި ބަންދުކޮށްފައި ވަނިކޮށް އެމެރިކާއިން ފިޔަވަޅު އަޅާފައިވާ އީރާނުގެ ތެޔޮ ބައުޒަރެއް ހޮރްޒޫމް ކަނޑުއޮޅި ހުރަސްކޮށް، އެގައުމުގެ އިމާމް ޙޯމެއިނީ ބަނދަރަށް ދިމާލަށް ދަތުރުކޮށްފައިވާ ކަމަށެވެ.

ދެ މިލިއަން ފީފާގެ ތެޔޮ އުފުލޭ ވަރުގެ އެ ބޮޑު ބައުޒަރު ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް އީރާނުގެ ބަނދަރާއި ދިމާލަށް ދަތުރުކުރީ، ކާގޯ ހިފައިގެންކަން ސާފުނުވާކަމަށް ވެސް ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން ދެމުންއައި ހަމަލާތައް މި މަހުގެ 8 ވަނަ ދުވަހު މެދުކަނޑާލުމާއި އެކު އެމެރިކާއިން ވަނީ ކަނޑުމަގުން އީރާން ބަންދުކުރުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން ހޮރްމޫޒް ކަނޑުއޮޅި ބަނދުކޮށް، އެމެރިކާއިން ވަނީ އީރާނުގެ ހުރިހާ ބަނދަރެއްގެ ބާރު ނެގުމަށް ނިންމާފައެވެ.

އެމެރިކާއިން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރި ނަމަވެސް އެ ކަނޑުއޮޅިން ގިނަ އުޅަނދުތަކެއް ދަތުރުކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި، ޗައިނާގެ އުޅަނދުތަކާއި އެމެރިކާއިން ފިޔަވަޅު އަޅާފައިވާ އުޅަނދުތައްވެސް ހިމެނޭ ކަމަށް ރިޕޯޓްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު