ENGLISH

01 މޭ 2026

Advertisement

ޣައްޒާގެ ހިޞާރު ނައްތާލުމަށް ގޮވާލައި ސުމޫދު ފްލޮޓިލާގެ ދެ ވަނަ ހަރަކާތް ފެށުމަށް ތައްޔާރުވެއްޖެ

04 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މިދިޔަ ޖުލައިމަހު ކުރިއަށްގެންދިޔަ ގްލޯބަލް ސުމޫދު ފްލޮޓިލާ ހަރަކާތުގެ ތެރެއިން.

ޣައްޒާގެ ހިސާރު ނައްތާލައި އެ ސަހަރުގައި ހާލުގައި ޖައްސާފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅައި، އެކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރާ ގްލޯބަލް ސުމޫދު ފްލޮޓިލާގެ ދެ ވަނަ ހަރަކާތް ފެށުމަށް އެ ޖަމާއަތުން ތައްޔާރުވެއްޖެ އެވެ. 

ސުމޫދު ފްލޮޓިލާގެ ދެ ވަނަ ހަރަކާތް ފަށާނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. ސުމޫދު ފްލޮޓިލާގެ އުޅަނދުތައް ފުރުމަށް ހަމަޖެހިފައިވަނީ ސްޕެއިންގެ ބާސެލޯނާ އިންނެވެ. 

މި ހަރަކާތުގައި މިފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 80 އަށްވުރެ ގިނަ އުޅަނދާއި، 1،000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެ އެވެ.

މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ އަދި ސިޔާސީ ކާރިސާއަށް ހައްލެއް ހޯދައިދިނުމާއި، ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން މި މައްސަލައަށް ހޯދައި ޔަހޫދީ ޣައިރު ޤާނޫނީ ޔަހޫދީ ދައުލަތް ޖަވާބުދާރީ ކުރުވުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. ސުމޫދު ފްލޮޓިލާގެ ތެރެއިން މިފަހަރު ކަނޑުމަގުންނާއި އަދި ބައެއް ގައުމުތަކުގައި އެއްގަމު މަގުންވެސް ހަރަކާތްތައް ހިންގުމަށް ވަނީ ރާވާފަ އެވެ.

ޣައްޒާގެ ހިސާރު ނައްތާލުމަށް ބާރުއަޅައި މިދިޔަ ޖުލައިމަހު ގްލޯބަލް ސުމޫދު ފްލޮޓިލާއިން ކުރިއަށް ގެންދިޔަ ހަރަކާތުގެ ސަބަބުން ސަހުޔޫނީ ޣައިރު ގާނޫނީ ދައުލަތަށް ވަނީ ބައިނަލްއަގްވާމީ ފިއްތުންތަކާ ކުރިމަތިލާންޖެހިފަ އެވެ. 

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެކި ގައުމުތަކަށް ނިސްބަތްވާ ސާޅީހަށްވުރެ ގިނަ އުޅަނދު ބައިވެރިވި އެވެ. 

އެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރި މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވެސް ހިމެނެ އެވެ.

ނަމަވެސް ސަހުޔޫނީން ވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އެ އުޅަނދުތަކަށް ހުރަސްއަޅާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު