ENGLISH
03 އޭޕްރީލު 2026
އެތައް ހާސް ބަޔަކާއެކު ކޮންގްރެސްގެ "ރައްޔިތުންގެ ބޮޑު ހިނގާލުން" ކުރިއަށް
03 އޭޕްރީލު 2026
|
މިއަދުގެ ހިނގާލުން ކުރިއަށް ދަނީ: އެތައްހާސް ބަޔަކު ބައިވެރިވޭ --
އެންމެ މަޤްބޫލު
ސަރުކާރު ހިންގާ މައި ޕާޓީ -- ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ކެމްޕެއިން ނިންމަން ބާއްވާ ޚާއްސަ ހިނގާލުން އެތައް ހާސް ބަޔަކާއެކު ފަށައިފި އެވެ.
މިއަދުގެ ހިނގާލުން ކުރިއަށް ދަނީ: އެތައްހާސް ބަޔަކު ބައިވެރިވޭ --
"ރައްޔިތުންގެ ބޮޑު ހިނގާލުން" މާލޭގެ މައިމަގު މަޖީދީމަގުގައި މިހާރު ދަނީ ކުރިއަށެވެ. މިއަދުގެ ހިނގާލުމުގައި ޕީއެންސީގެ ރައީސް / ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވަ އެވެ.
މިއަދުގެ ހިނގާލުން ކުރިއަށް ދަނީ: އެތައްހާސް ބަޔަކު ބައިވެރިވޭ --
އަދި ސަރުކާރުގެ އިސް ބޭފުޅުންނާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކޮންގްރެސްއަށް ނިސްބަތްވާ އެތައް ހާސް ބަޔަކު ދަނީ ބައިވެރިވަމުންނެވެ.
މިއަދުގެ ހިނގާލުން ކުރިއަށް ދަނީ: އެތައްހާސް ބަޔަކު ބައިވެރިވޭ --
ހިނގާލުމުގައި ދަނީ މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ވާދަކުރާ ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ގޮވާލަމުންނެވެ. އަދި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއިމެދު މާދަމާ ނެގުމަށް ހަމަޖެހިފައިވާ ވޯޓްގައި "ފެންނަ" ކަމަށް ވޯޓް ދިނުމަށް ދަނީ ގޮވާލަމުންނެވެ.