ENGLISH
30 މާރިޗު 2026
މިއަދުގެ ދޮރުން ދޮރަށް ހަކަރާތުގައި ރައީސް ވަޑައިގެންނެވީ ހެންވޭރު ހުޅަނގަށް
29 މާރިޗު 2026
|
ކޮންގްރެސް ޕާޓީން ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ތައްޔާރުވުމަށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ފަރާތުން ސިލްސިލާކޮށް ކުރިއަށް ގެންދާ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހެންވޭރު ހުޅަނގަށް ވަޑައިގެންފިއެވެ.
މި ހަރަކާތުގައި ރައިސްގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އިތުރުން ކޮންގްރެސް ޕާޓީގެ ގިނަ މެންބަރުންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކޮންގްރެސް ޕާޓީގެ މޭޔަރު ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލާއި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުދާން ބައިވެރިވަޑައިގެންނެވިއެވެ.
މިއަދުގެ މި ހަރަކާތުގައި ވެސް ރައީސް ވަނީ ހެންވޭރު ހުޅަނގުގެ ގިނަ ގެތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. މީގެ އިތުރުން، މަގުމަތީން އެމަނިކުފާނު ވަނީ ބައެއް ރައްޔިތުންނާ ބައްދަލުކުރައްވައި ހުށަހެޅުންތައް އަޑުއައްސަވައިފައެވެ.
މާލެ ސިޓީގެ ގިނަ ދާއިރާއަކަށް ދޮރުން ދޮރުން ހަރަކާތް، ރައީސް ބައިވެރިވެ ވަޑައިގެން ކުރިއަށް ގެންގޮސްފައިވާ އިރު، މިހާރު ކުރިއަށް ގެންދަނީ ދޮރުން ދޮރުން ހަރަކާތުގެ ދެވަނަ ބުރެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގޭ ވޯޓު ނެގުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.