ENGLISH

29 މާރިޗު 2026

Advertisement

އޮސްޓްރިއަން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު ފުރުން ފާހަގަކޮށްފި

29 މާރިޗު 2026

|

އާމިނަތު ނުޒްލާ

އޮސްޓްރިއަން އެއާލައިންސްއިން ރާއްޖެއަށް ދަތުރުފެށިތާ 30 އަހަރު ފުރުން ފާހަގަކުރުން-- ފޮޓޯ: އެމްއޭސީއެލް

އޮސްޓްރިއާގެ ޤައުމީ އެއާލައިން، އޮސްޓްރިއަން އެއާލައިންސްއިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު ފުރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް، ވީއައިއޭއިން ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

މިކަން ފާހަގަކުރުމުގެ ގޮތުން އޮސްޓްރިއަން އެއާލައިންސްއިން ފުރި 324 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންސްގެ ފްލައިޓުން ރާއްޖެ އައި 328 ފަސިންޖަރުންނަށް ވަނީ، ބޮޑުބެރާ އެކީ ހޫނު މަރުޙަބާއެއް ކިޔައިފަ އެވެ.

އޮސްޓްރިއަން އެއާލައިންސްއިން ރާއްޖެއަށް ދަތުރުފެށިތާ 30 އަހަރު ފުރުން ފާހަގަކުރުން-- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނީ، މިއީ އޮސްޓްރިއަން އެއާލައިންސްއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު އޮތް ގާތް ގުޅުން ރަމްޒު ކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތެއް ކަމަށެވެ.

އޮސްޓްރިއަން އެއާލައިންސްއިން ރާއްޖެއަށް ދަތުރުފެށިތާ 30 އަހަރު ފުރުން ފާހަގަކުރުން-- ފޮޓޯ: އެމްއޭސީއެލް

އޮސްޓްރިއަން އެއާލައިސްން އިން އަންނަނީ ފާއިތުވި 30 އަހަރު، މެދުނުކެނޑި ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެއާއި އޮސްޓްރިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަނީ ހަރުދަނާވެފަ އެވެ.

މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރޭގައި އޮސްޓްރިއާ ހިމެނެނީ، 12 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ޤައުމުގެ ގޮތުގަ އެވެ. 

ކިޔުންތެރިންގެ ހިޔާލު